ރިޕޯޓްތައް ބުނާ ގޮތުގައި ހާލަންޑް އަންނަނީ މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ކުރުމަށް ތައްޔާރުވަމުންނެވެ. ހާލަންޑްގެ ކޮންޓްރެކްޓް މިހާރު އޮތް ގޮތުންވެސް ހަމަވާނީ 2027 ވަނަ އަހަރުއެވެ. އެހެން އެކަން އޮއްވައި ކޮންޓްރެކްޓް އާކުރުމަށް ތައްޔާރުވަމުންދާއިރު، އާ ކޮންޓްރެކްޓްގައި އޭނާ ރިއާލް މެޑްރިޑަށް ބަދަލުވެވޭނެ މާއްދާއެއް ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ 'ރިނިއުއަލް އެންޑް ރިލީޒް ކްލޯޒް' އެކެވެ. އާ ކޮންޓްރެކްޓްގައި ސޮއި ކުރާއިރު، ހާލަންޑް ވެގެންދާނީ ސިޓީގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަނަށް ހާލަންޑުން ވަނީ މެންސިޓީގެ ފުރަތަމަ ތިން މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ.