ads
ހދ. ހިރިމަރަދޫ
ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވާން އެދިއްޖެ
ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވާން އެދިފައިވާކަމަށް ލޯކަލް ގަވަމްންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ރައްޔިތުން ނިންމާފައިވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި އެ ރަށު ކައުންސިލްގެ މެންބަރުން ވިދާޅުވި ކަމަށެވެ.

އަދި، އެ ރަށުގެ ރައްޔިތުން ބަދަލުވާން ބޭނުންވަނީ ކ. ތުލުސްދުއަށް ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވައިފަ އެވެ.

 

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެކެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.

ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫގެ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެއީ ހިރިމަރަދޫ ރައްޔިތުންނާއި މަޝްވަރާކޮށް ނިންމި ނިންމުމެއްކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަަދަލުވާން ބޭނުން ވަނީ ރަށުގެ އާބާދީ މަދުވުމާއި، ތައުލީމާއި ސިއްހީ ނިޒާމް އެންމެ އެކަށިގެންވާވަރަށް ނެތުމާއި އަދި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެހެން ރަށްރަށަށް ހިޖުރަކޮށްފައި އޮތުމުގެ ސަބަބުން ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. 

"މާލޭ އަތޮޅުތޮޅުގެ ސަރަހައްދަކަށް ބެލިއިރު ލިބޭނެ އެންމެ ރަނގަޅު ލޮކޭޝަނެއްގެ ގޮތުގައި، އެންމެ ރަނގަޅު ހިދުމަތެއް ލިބޭނެ ސަރަހައްދަކަށް، ވަޒީރުގެ ވާހަކަ ފުޅުންވެސް ތުލުސްދޫ މާލެ އަތޮޅަށް ބަލަންޏާ ކުށަށް ބަލާއިރުގައިވެސް ކުށް މަދު ރަށަކަށް އޮތީ އެރަށް، މާލެ ރަށުގެ ވެރިކަން ކުރާ ރަށަށް ހިރިމަރަދޫ ފަދަ އާބާދި ކުޑަ ރަށެއްގެ ރައްޔިތުން ބަދަލުވެގެން ދިޔުމަކީ ލިބިގެންދާ ވަަރަށް ބޮޑު ކުރިއެރުމެއް" ހިރިމަރަދޫ ކައުންސިލް ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށާއި އެކަން ތަންފީޒްކުރުމަށްޓަކައި ހައުސިން މިނިސްޓްރީއަށް މިހާރު ހަވާލުކޮށްފައި ވާކަަމަށް ވަހީދު ވިދާޅުވި އެވެ. އަދި މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ މަސައްކަތް ކުރިއަށް ދަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެވެސް ފުރިހަމަ އެއްބާރުލުމައެކު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް