ads
ފީފާގެ އިޖުތިމާއީ ކޮމިޓީ އަށް އައްޔަން ކުރި، އެފްއޭއެމްގެ އެކްސްކޯ މެންބަރު ހައްވާ ނަސްރާ ސައީދު
ރާއްޖޭގެ ނަސްރާ ފީފާގެ ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީ އަށް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީގެ މެންބަރަކަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހައްވާ ނަސްރާ ސައީދު އައްޔަނުކޮށްފި އެވެ.
Advertisement

އދ. މަހިބަދޫއަށް އުފަން ނަސްރާ އެ ކޮމިޓީ އަށް އައްޔަން ކުރީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެ ދައުރު ހަމަވާނީ 2029 ގެ ނިޔަލަށެވެ. ފީފާގެ މި ކޮމިޓީއަކީ ފުޓްބޯޅަ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާއީ ހެޔޮ ބަދަލުތައް ގެނައުމަށާއި، އިންސާނީ ހައްގުތަކާއި ތިމާވެށި ފަދަ މުހިންމު މައްސަލަތަކަށް މަސައްކަތްކުރާ ކޮމިޓީއެކެވެ.

ތައުލީމީ ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ ނަސްރާ ހިމެނޭ ފީފާގެ މި ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަން އަކީ އާޖެންޓީނާގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި، ޖަވިއޭ ޒަނެޓީ އެވެ. ޗެއާޕާސަނަކީ މިޔަންމާގެ ޒޯޒޯ އެވެ. ދެން ކޮމިޓީގައި އާންމު މެމްބަރުންގެ ގޮތުގައި، ނަސްރާ ހިމެނޭ ގޮތަށް، 20 މެމްބަރުން ތިބެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން އާއި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް މެޗު ކޮމިޝަނަރު، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، ސާފްގެ މުހިންމު ކޮމިޓީތަކަކަށް ވަނީ އިންތިހާބުވެފަ އެވެ.

އެ ގޮތުން، އައްޑޯ އިންތިހާބުވެފައިވަނީ ސާފްގެ އެޕީލްސް ކޮމިޓީގެ މެމްބަރު ކަމަށެވެ. އަދި، ސިމަން ވަނީ ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމުގެ އިތުރުން، އިލެކްޓޯރަލް ކޮމިޓީގެ މެމްބަރު ކަމަށް ވެސް އިންތިހާބުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;