އާމިރު ޑީއާރުޕީ އާ ދެކޮޅަށް ދައުވާ ކުރީ އޭނާ ހިންގި ޕްރޮޑަކްޝަން ކުންފުނިތަކަކުން ޑީއާރުޕީގެ ބައެއް ހަރަކާތްތަކަށް ހަދާދިން ވީޑިއޯތަކަކާއި ދޫކުރި ބައެއް ސާމާނަށް ލިބެންޖެހޭ 4.04 މިލިއަން ރުފިޔާ ނުލިބިގެން ނެވެ. އަދި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާއަށް ވާ 16.3 މިލިއަން ރުފިޔާ ވެސް ހޯދަން އާމިރު އެދުނެވެ.
އެ ފައިސާ ހޯދުމަށް އާމިރު ވަނީ ސިވިލް ކޯޓާއި ހައިކޯޓްގެ އިތުރުން ސްޕްރީމް ކޯޓަށް ވެސް ވަނީ އެ މައްސަލަ ހުށަހަޅާފަ އެވެ. މި މިއްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ޖޫރިމަނާއަށް ކަމަށް ބުނެ ހޯދަން ހުށަހެޅި ބައި އުނި ކުރުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ކުރުމަށް އެ މައްސަލަ ސިވިލްކޯޓުގައި ހިނގަމުން ދަނިކޮށް މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރުޕީ އުވާލާފައެވެ. އެހެން ނަމަވެސް އެޕާޓީގެ ދަރަނިތަކާއި ޒިންމާވާން ޖެހޭނީ އެ ޕާޓީ އުވާލިި އިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ޑީއާރްޕީ އުވާލިއިރު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ނަޝީދު (ކާނަލް) އެވެ.
ނަޝީދު ގައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އާމިރުގެ ހިންގި ޕްރޮޑަކްޝަން ކުންފުނިތަކަކުން ޑީއާރުޕީއަށް ދިން ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށެވެ. އެހެން ކަމުން އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް ނަޝީދުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;