ads
ސައުދީން މިނިސްޓްރީއަށް ހަދިޔާކުރި ކަދުރާ މިނިސްޓަރު ޝަހީމް ހަވާލުވަނީ
ސައުދީން 15 ޓަނުގެ ކަދުރު މިނިސްޓްރީއަށް، ބަހާ ކަދުރު އަދި ނާދޭ
ސައުދީން 15 ޓަނުގެ ކަދުރު އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.
Advertisement

މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީއާ ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީއެވެ.

މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރި ނަމަވެސް ކޮންމެ އަހަރަކު ރޯދައަށް ދިވެހިން ރައްޔިތުންނަށް ބެހުމަށް ސައުދީ ފޮނުވާ 50 ޓަނުގެ ކަދުރު އަދި ރާއްޖެއަށް ނާދައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ދޭ 50 ޓަނުގެ ކަދުރު ޝިޕްމަންޓް މިވަގުތުވަނީ ރާއްޖެ އައުމުގެ މަގުމަތީގައެވެ. އަދި އެތަކެތި އައުމުން މުޅި ރާއްޖެއަށް ކަދުރު ބަހާނެކަމަށް މިނިސްޓްރީން ބުނެއެވެ. 

your imageސައުދީން މިނިސްޓްރީއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު

ސައުދީ އަރަބިއްޔާއިން މިނިސްޓްރީއަށް ކަދުރު ހަދިޔާކޮށްފައިވާއިރު ސައުދީ ރަސްގެފާނު މުހައްމަދު ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ހާއްސަ ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;