ads
ފުލުހުން މާލެ ސަރަހައްދުގައި މިހާރު ހިންގާ އޮޕަރޭސަނުގެ ތެރެއިން/ ފޮޓޯ: ޕޮލިސް
ފޯވަހި އަތުވެއްޖެ: ކުށް ނުކުރާ މީހާއަށް ވެސް ތަކުލީފުތަކެއް!؟
ދާދި ފަހުން މާލޭގެ ސަރަހައްދުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި ދެ ޒުވާނެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. މިއީ މި ގައުމުގައި އާކަމަށް ނުވި ނަމަވެސް، މި ދެ ޒުވާނުންގެ ފުރާނަ ގެއްލުނު ހިސާބުން މިކަން ވެގެން ގޮސްފައިވަނީ ދިވެހިންނަށް ވަރަށް ބިރުވެރި އަދި ނާމާންކަމެއްގެ އިހުސާސް ގެނުވިކަމަށެވެ.
Advertisement

މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ސޯސަލް މީޑިއާގައާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ގިނަ ބައެއްގެ ފަޑުކިޔުންތައް ސަރުކާރަށާއި ކަމާއި ބެހޭ ވުޒާރާތަކަށް އަމާޒުވެފައިވާއިރު، ލަސްތަކެއް ނުވެ، މިކަން ވަނީ ސަރުކާރުގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ. އަދި ވަގުތުން މިކަމަށް ހައްލެއް ގެނައުމައްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަގުގުން ވަގުތައް ރައްކާތެރިކަމުގެ ހަރުކަށި ފިވަޅުތަކެއް އަޅުއްވާ އެކަން ތަންފީޒުކުރުމަށް ކަމާއި ބެހޭ ވުޒާރާތަކަށް ގޮވާލާފަ އެވެ.

ބޮޑެތި މާރާމާރީތަކާއި ނުރައްކާ އެކްސިޑެންޓުތަކުގައި މީހުން މަރުވުމަކީ މި ގައުމުގައި އާކަމެއް ނޫނެނެވެ. މިއީ އަބަދުވެސް ހިނގާކަމެއްގެ ގޮތުގައި ފާހަގަވެފައި އޮންނަކަންކަމެވެ. މިފަދަ ހާދިސާއެއް ހިނގާ ހަމަ ކޮންމެ ފަހަރަކު ދިވެހިންގެ އަމަން އަމާންކަން ބަލައަޓަން ތިބޭ ފުލުހުންގެ ދައުރު ބޮޑުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރެހަދަ އެވެ. އަދި މާރާމާރީ ހިންގާ ފަރާތްތަކާއި ގަވައިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށް ފިޔަވަޅުއެޅުމަށް ފުލުހުން އަވަސްވެގަނެ އެވެ.

އެގޮތުން އެކްސިޑެންޓްތައް ހިނގައި ދެ ޒުވާނެއްގެ ފުރާނަ ގެއްލުމާއި އެކު، މާލޭ ސަރަހައްދުގައި އެންމެ ގިނައިން އެކްސިޑެންޓް ހިގާ މަގުތަކުގައި 24 ގަޑިއިރު ފޯރިމަރަން ފުލުހުންވަނީ ފަށައިފި އެވެ. އިއްޔެރޭން ފެށިގެން ފުލުހުންގެ ފައުޖުތަކުން މަގުތަކަށް ނުކުމެ، ބެރިކޭޓްތައް ޖަހައި، ޗެކްޕޮއިންޓްތައް ގާއިމުކޮށް، ދުއްވާ ވެހިކަލްތައް ޗެކްކުރުމަށް ހާއްސަ އޮޕަރޭސަނެއް ފަށާފައިވާއިރު، މިކަމުން ކަމާއި ނުބެހޭ، މައުސޫމު ފަރާތްތަކަށް މިކަމުގެ ތަކުލީފުތައް ލިބެމުން އަންނަކަމުގެ ސަކުވާ ވަނީ ބޮޑުވެފައެވެ.

ފުލުހުން ހިންގާ މަގުމަތީ ހަރަކާތްތަކުން ކުށް ނުކުރާމީހުންގެ ހައްގުތައްވެސް ގެއްލޭ!؟

މަގުތަކަކީ އެންމެންނަށްވެސް އަމާން، ރައްކާތެރި ތަނަކަށް ވާންޖެހެ އެވެ. އެގޮތުން މަގުތަކުގައި ދުއްވާ އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ އެންމެވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. ނަމަވެސް މިހާރު މަގުތަކުގެ އަމާންކަން ގެއްލި ނުރައްކަލުގެ ތެރެއަށް ގޮސްފައިވާއިރު، މިކަމުން އަހަރެމެން އެންމެނަށް ވެސް ސަލާމަތާއި އަމާންކަން ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ ފުލުހުންނެވެ. އެގޮތުން ފުލުހުން މިހާރު މިވަނީ މާލޭގެ މަގުތަކުގައި 24 ގަޑިއިރު ފޯރިމަރަންވެސް ފަށާފަ އެވެ.

މާލެ ސަރަހައްދުތަކުގައި މީހުން އެންމެ ގިނަ، ކާރޫބާރު ބޮޑު ސަރަހައްދުތަކުގައި ބެރިކޭޓްތައް ޖަހައި، ޗެކްޕޮއިންޓް ތައް ގާއިމްކޮށްގެން ފުލުހުން ފޯރިމަރަމުން ގެންދާއިރު، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާއި، ލައިސަންސް ނެތި ދުއްވާމީހުން ފާހަގަކޮށް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. 

your imageހުޅުމާލޭގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު ރޭ ހަރަކާތްތެރިވަނީ: އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި - ފޮޓޯ: ޕޮލިސް

މާލޭގެ ސަރަހައްދުތަކުގައި ފުލުހުން 24 ގަޑިއިރު، ފޯރިމަރަން ފަށާފައިވާއިރު، މި އޮޕަރޭސަންސް އާއި ގުޅިގެން ގިނަ ބަޔަކަށް މިކަމުގެ ދަތިތައް ފޯރަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ބައެއް އާންމު ފަރާތްތަކުން ބުނާގޮތުގައި ފުލުހުންގެ މި އޮޕަރޭސަނުގެ ސަބަބުން ކުށް ނުކުރާ ގައިވައިދަށް އުޅޭ ފަރާތްތަކަށް މިކަމުގެ ދަތިކަމާއި ތަކުލީފުތައް އަންނަނީ ފޯރަމުންނެވެ. އަދި އެމީހުންގެ ހައްގުތައް އަންނަނީ ގެއްލެމުންނެވެ. އަދި ފުލުހުން މި ކަން މި ކުރަނީ ހަމަ އެކަނި ބާރަށް ދުއްވާ ފަރާތްތަކަށް ޓާގެޓް ކޮސްގެން ކަމުގައިވަނީ ނަމަ ފުލުހުންގެ ޕްލޭން އަކަށް ވާނީ އޭގެ އަސްލަށް ވާސިލުވުންކަމުގައި ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

"ފުލުހުން ބެރިކޭޓްތައް ޖަހައިގެން ތަންތަން ބަންދުކޮށްގެން އުޅޭތީ ވަރަށް އުނދަގޫވޭ. ބައެއް ފަހަރު ދަރިބަލާ ސްކޫލުދަށަށް ދާން ވެސް އުޅެން ޖެހެނީ ވަރަށް ހާލުގައި. މިއީ ހަމަ އެކަނި އެކްސިޑެންޓް ތައް މަދުކުރަން ކުރާކަމެއް، ދެން އެންމެންނަށް މިކަމުގެ އުނދަގޫ ޖައްސަން ޖެހޭ ސަބަބެއް ނުވިސްނޭ." އާންމު މީހަކު ބުންޏެވެ.

ބައެއް އާންމުންގެ ސުއޫރުތައް މިހެން ހުރި ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވީ ފުލުހުން އިއްޔެރެއިން ފެށިގެން މާލޭ ސަރަހައްދުތަކުގައި ޓްރެފިކް ކޮސްޓްރޯލް ކުރުމަށާއި ބާރަށް ދުއްވާ ފަރާތްތައް ހުއްޓުވައި ގާނޫނީ އިމުގެތެރެއަށް ގެނައުމަށް އަންނަނީ ބުރަމަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ މީހުންގިނަ، ކާރޫބާރޫ ބޮޑު ސަރަހައްތުތައް ބަލައި އެ ފަދަ ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ޖަހައިގެން ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް ހުއްޓުވާ، އެފަރާތްތަކަށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަމުން އަންނަކަމަށެވެ. އަދި މަގުތަކުން ދުއްވާ ހުރިހާ ވެހިކަލް ތަކެއް ހުއްޓުވާ ޗެކް ނުކުރާ ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދެނީ ބާރު ސްޕީޑުގައި ދުއްވާ ވެހިކަލްތަކަށް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ފުލުހުން 24 ގަޑިއިރު، މާލޭ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ. ހާއްސަކޮށް ކާރޫބާރޫ ބޮޑު ހިސާބުތަކުގައި. މީހުން ގިނަ ސަރަހައްދުތަކަށް އެންމެ ބޮޑަށް ޓާގެޓް ކުރަނީ. ދުއްވާފަ ދާހާ ވެހިކަލެއް މަޑެއް ނުކުރުވަން. ބާރު ސްޕީޑުގައި ދުއްވާ ވެހިކަލްތައް ހުއްޓުވަނީ."

އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަސްޓަކައި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ފުލުހުން ވިދާޅުވެ އެވެ. ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަނަވަރީން ފެށިގެން މިހާތަނަށް މަގުމަތީ އެކްސިޑެންޓުގެ 1907 މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް