ads
ހުޅުމާލެ ސަހަރާ ކުރިމަތީ އޮތް ހުސް ބިން
ހަތަރުފުރޮޅުލީ އުޅަނދުތަކާ ޓޯކުރާ އުޅަނދުތަކަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި
ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސް ބިން ހަމަޖައްސައިފި އެވެ.
Advertisement

އެޗްޑީސީން މިހާރު އަންނަނީ ޕޮލިސް ފްލެޓުތައް ކުރިމައްޗަށް ވާ ގޮތަށް އޮތް އެ ބިން ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، ޓެކްސީ އާއި އެހެން ބޭނުންތަކަށް ވެހިކަލްތައް ދުއްވާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕާކު ކުރާނެ ޖާގަ ނެތުން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް، މާލެ އާއި ހުޅުމާލެ އަކީ އަމާން ތަނަކަށް ހެދުމުގެ ބޭނުމުގައި 90،000 އަކަފޫޓުގެ އެ ބިން ވަގުތީ ގޮތުން ބޭނުން ކުރަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ މިތަނުގެ އެއްބައި ހާއްސަ ކުރަނީ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އެ ގޮތުން 50،000 އަކަފޫޓް ވަނީ އެކަމަށް ހާއްސަކޮށްފަ އެވެ.

އަނެެއް 40،000 އަކަފޫޓް ބާއްވާނީ ޓޯކުރާ ވެހިކަލްތައް ބޭއްވުމަށެވެ.

"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި މިތަނުގައި ޕާކު ކުރަން ފުރުސަތު ލިބިގެން ދާނެ، މިތަނަށް އެބައޮތް އެޗްޑީސީގެ ޕްލޭނެއްވެސް. އެ ޕްލޭން އަންނަންދެން މި ތަން ބޭނުންކުރެވޭނެ " އަމީން ވިދާޅުވި އެވެ.

އެ ބޮޑު ބިމުގައި ޕާކު ކުރެވޭނެ ގޮތް ހަދަމުން އަންނަނީ ހުޅުމާލޭގައި ޕާކިން އިމާރާތްތައް އަޅަންދެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

your imageހަތަރުފުރޮޅުލީ އުޅަނދުތަކާ ޓޯކުރާ އުޅަނދުތައް ބަހައްޓަން ހަމަޖެއްސި ބިމާއި ހަވާލުވެ މިނިސްޓަރު އަމީން ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުހައްމަދު ދާއޫދު ވިދާޅުވީ ވަގުތީ ޕާކިން ސަރަހައްދެއް ހަމަޖެއްސުމަކީ މާލޭއާއި ހުޅުމާލޭގެ މަގުތައް ރައްކާތެރި ގޮތުގައި ބޭއްވުމަށްޓަކައި ކުރެވޭ މަސައްކަތަށް އެހީތެރިވެދޭނެކަމެއްކަމަށެވެ.

"ގަވައިދާ ހިލާފަށް ޕާކްކުރާ ފަރާތްތަކަށްވެސް އަޅުގަނޑުމެން މި ހޯދާދެނީ އިތުރު ފުރުސަތެއް. މި ތަނުގައި ދުއްވާ ޓެކްސީތައް ޕިކަޕްތައް ރޭގަނޑުވީމަ މިތަނުގައި ޕާކްކޮށްލުމަށްފަހު އަނެއްދުވަހު އޭނާގެ މަސައްކަތަށް އަނެއްކާވެސް ނުކުންނަން ވީ" ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުހައްމަދު ދާއޫދު ވިދާޅުވި އެވެ.

ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ ދަތިކަން ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެޗްޑީސީން ވަނީ 4،000 ޔުނިޓު ހިމެނޭ ޕާކިން ބިލްޑިންގްތަކެއް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް