ads
އިމިގްރޭޝަނުން ހިފަހައްޓާފައިވާ ބިދޭސީއެއް
ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު އިންޑިޔާ މީހާގެ ބަންދު އިތުރުކޮށްފި
މަނީލޯންޑްރިންގެ ތުހުމަތާއި ގުޅިގެން ހައްޔަރުކޮށްފައިވާ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 27 އަހަރުގެ އަބްދުލް ރަގޫބް ނިސްތާރުގެ ބަންދުގެ މުއްތަދު އިތުރުކޮށްފި އެވެ.
Advertisement

ފުލުހުންގެ އެދުމުގެ މަތިން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން އެންމެ ފުރަތަމަ އެމީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފަ އެވެ. އެ މުއްދަތު ހަމަވެގެން މިއަދު އަނެއްކާ އިތުރު ފަސް ދުވަހަށް އޭނާގެ ބަންދު މުއްދަތުވަނީ އިތުރުކޮށްފަ އެވެ.

މަނީލޯންޑްރިންގެ ތުހުމަތުގައި ހައްޔަރުކުރި، މި މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ އެކަށީގެންވާ ހެއްކާއި އެކު، އޭނާ ހައްޔަރުކޮށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ، ފުލުހުން ކޯޓުގައި އެދުމުންނެވެ. އޭނާ ބަންދުކުރަން ނިންމީ ޖިނާއީ ބޮޑު މައްސަލައަކަށް ތުހުމަތު ކުރެވުމުގެ އިތުރުން، އޭނާ އަތުން ފެނުނު ފައިސާ އަކީ ކޮން ފައިސާއެއްކަން ސާފުކޮށްދީފައި ނުވާތީ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އަބްދުލް ރަގޫބް ނިސްތާރުގެ އަތުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފެނިފައިވާ ކަމަށާއި އަދި އޭނާ އަތުން ފެނުނު އެ ޑޮލަރުތަކަކީ އެކި މީސްމީހުން އޭނާއާއި ހަވާލުކޮށްފައިވާ ޑޮލަރުތަކެއް ކަން އޭނާއަތުން ފެނުނު ލިޔެކިޔުންތަކުން އެނގޭކަމަށެވެ. މީގެ އިތުރުން އަބްދުލް ރަގޫބް ނިސްތާރުއަކީ އާންމުކޮށް ވަ ގިނައިން ރާއްޖެ އައިސް ގޮސް ހަދާ މީހެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އޭނާގެ ނަން ޕާސްޕޯޓުން ބަދަލުކޮސްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އަބްދުލް ރަގޫބް ނިސްތާރުގެ ވަކީލު ވަނީ ފުލުހުން ހުށައެޅި އެ ބަޔާނުގައި ވާ ވާހަތައް ދޮގުކޮށްފަ އެވެ. އަބްދުލް ރަގޫބް ނިސްތާރުގެ ގާނޫނީ ވަކީލު ކޯޓުގައި ބުނެފައިވަނީ މަނީލޯންޑްރިންގެ ތުހުމަތުގައިފުލުހުންގެ އެ ބަޔާނުގައި ވަނީ މުޅި ތެދު ވާހަތަކެއް ނޫން ކަމަށާއި، ފުލުހުން އަބްދުލް ރަގޫބް ނިސްތާރު ކޯޓަށްވެސް ހާޒިރުކޮށްފައިވަނީ އޭނާގެ ހައްޔަރުގެ އިޖުރާތުތަކާއި މުޅިން ހިލާފަށް ކަމަށެވެ. އެހެނީ ފުލުހުން އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރަށ 24 ގަޑިއިރު ފާއިތުވެ ދިޔަފަހުން ކަމަސް ވަކީލް ބުނެފައިވެ އެވެ. އަދި ޝަރުތުތަކަށް ފަހު އަބްދުލް ރަގޫބް ނިސްތާރު ވަގުތުން މިނިވަން ކުރުމަށް ވެސް އޭނާގެ ދިފާއީ ވަކީލް ވަނީ ކޯޓުގައި އެދިފަ އެވެ.

މަނީ ލޯންޑްރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާއިރު 80،000 އެއްހާ ޑޮލަރު ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރި ބަންގްލަދޭޝް މީހަކުވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށްވެސް ފުލުހުން ކުރާ ތުހުމަތަކީ މަނީ ލޯންޑްރިންގެ ތުހުމަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް