އަށްވަނ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި ރޭ ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (ސީއެޗްޑީސީ) އާއި ޓީމު ޖުޑިޝަރީ ވާދަކުރި މެޗު 21-11 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޗްޑީސީއެވެ. މި ނަތީޖާއާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސީއެޗްޑީސީ ކުއާޓާ ފައިނަލުންވަނީ ޖާގަ ހޯދާފައެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސީއެޗްޑީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ޓީމު ޖުޑިޝަރީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރއެވެ.