ހެލްތް މިނިސްޓްރީން އާންމުކުރި މި އައު އުސޫލުތަކާއި ގުޅުވައި އެ މިނިސްޓްރީން ބުނީ، މިއީ ވަރަށް ވެސް މުހުންމު މަގުސަދެއްގައި ތައްޔާރުކޮށް ފައިވާ އުސޫލުތަކެއް ކަމަށާއި، މި އުސޫލުތަކުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ޑައިލިސިސްގެ ހިދުމަތް ފޯރުކޮށްދޭ އެންމެހައި މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ފަރުވާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
އަދި، ރާއްޖޭގެ ހުރިހާ ޑައިލިސިސް މަރުކަޒުތަކެއްގައި ވެސް އެއް ފެންވަރެއްގެ ފަރުވާއެއް ފޯރުކޮށްދޭކަން ކަށަވަރުކުރުން ވެސް އެއީ މި އުސޫލުތަުގެ މަގުތަސަދެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މި ނެރުުނު އާ ސްޓެންޑާޑްތައް ތަންފީޒުވުމާ އެކު، ރާއްޖޭގައި ޑައިލިސިސްގެ ހިދުމަތް ފޯރުކޮށްދޭ އެންމެހައި މަރުކަޒުތަކުން ހިދުމަތް ދެމުންގެންދަންވާނީ މި ސްޓޭންޑާޑްގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.
ހެލްތް މިނިސްޓްރީން އާންމުކުރި މި ސްޓޭންޑާޑްގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ތަބާވުމާއި ބަލި މީހުންގެ ހައްގުތަކާއި އެ މީހުންނަށް ބައްޔާ ގުޅޭ ފުރިހަމަ މައުލޫމާތު ދިނުމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބަލި މީހުންގެ ފީޑްބެކް ހޯދުންފަދަ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ހުރިހާ ލިޔެކިޔުމަކާއި ރިކޯޑުތައް ރަނގަޅަށް ބެލެހެއްޓުމާއި ފަރުވާދިނުމަށް ބޭނުންކުރާ ސާމާނުތައް ބެލެހެއްޓުމާ ގުޅޭ ޝަރުތުތަކުގެ އިތުރުން ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވައިލުން ފަދަ ކަންކަން މި ސްޓެންޑާޑްގައި ވެއެވެ.
މީގެ އިތުރުން ޑައިލިސިސްގެ ހިދުމަތްދޭ ތަންތަން ހުންނަންވާނެ މިންގަނޑުތަކާއި ސަރުތުތަކެއްވެސް ކަނޑައެޅިފައިވާއިރު، އުސޫލުގެ ތެރެއިން ޑައިލިސިސް ޔުނިޓެއްގައި ހުންނަންޖެހޭ ތަންތަނުގެ ތެރޭގައި:
- ރިސެޕްޝަން
- ވެއިޓިން އޭރިއާ
- ޑައިލިސިސް ބޭ
- އައިސޮލޭޝަން ރޫމް
- ނާސިން ސްޓޭޝަން
- ކޮންސަލްޓޭޝަން ރޫމްތައް
- ސަޕޯޓް ސާވިސް އޭރިއާ
- ގުދަން
މީގެ އިތުރުން ޑައިލިސިސް ޔުނިޓްގައި ތިރީގައިވާ ފަންކްޝަނަލް އޭރިއާތައް ހިމެނޭނެހެން؛
- މައި އެންޓްރީ/ރިސެޕްޝަން އޭރިއާ
- ވެއިޓިންގ އޭރިއާ
- ޑައިލިސިސް ބެއިސް
- އައިސޮލޭޝަން ރޫމް
- ނާރސިންގ ސްޓޭޝަން
- މަޝްވަރާކުރާ ކޮޓަރިތައް
- ސަޕޯޓް ސާވިސް އޭރިއާ
- ސްޓޯރޭޖް އޭރިއާ
ފަންކްޝަނަލް އޭރިއާތަކުގެ ތަފްސީލީ ޝަރުތުތައް ވެސް އެނެކްސް 1 ގައި އެޓޭޗްކޮށްފައިވާނޭކަމަށް މިނިސްޓްރީން ބުނެ އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ހެލްތް މިނިސްޓްރީން އާންމުކުރި ޑައިލީސިސް ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ ސްޓޭންޑާޑް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުގައިވަނީ މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.