ads
ފަލަސްތީނުގައި ޝަހީދުވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ
އިސްރާއީލުން ގާޒާގައި ހިންގާ ގަތުލްއާންމުގައި 41000 މީހުން ޝަހީދުވެއްޖެ
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގާ ގަތުލްއާންމުގައި 41000 މީހުން ޝަހީދުވެއްޖެ އެވެ.
Advertisement

މީގެ 11 މަސް ކުރިން ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 16،000އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެ އެވެ. 

އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ގާޒާގެ އޮފިޝަލުން ގަބޫލު ކުރެ އެވެ. ޔަހޫދީންގެ ރަހުމު ކުޑަ ހަމަލާތަކުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 94,825އަށް އުފުލިފަ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަރަށް ގިނަ ބަޔަކު ތިބުމުން، ޝަހީދުވެފައިވާ މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި މެދުއިރުމަތީގެ ގައުމުތައް މެދުވެރިއެއްގެ ރޯލު އަދާ ކުރި ނަމަވެސް އެއްވެސް ކަހަލަ އެއްބަސްވުމެއް ނެހެދޭތީ އަންނަނީ ފާޑު ކިޔުން އަމާޒުވަމުންނެވެ.

ހަނގުރާމަ ހުއްޓާލުމަށް އެކި ކަހަލަ އެއްބަސްވުންތައް އިޒްރޭލާއި ހަމާސްއިން ވެސް ހުށަހެޅި އެވެ. މިހާތަނަށް އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ.

މި މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލައިފައިވަނީ މިސްރާއި ގާޒާގުޅޭ ސަރަހައްދީ ރޮނގު، ފިލަޑެލްފީ ކޮރިޑޯގެ މައްސަލައަށެވެ. ފިލަޑެލްފީ ކޮރިޑޯ މިވަގުތު އޮތީ އިސްރާއީލުގެ އަތްދަށުގަ އެވެ. އިސްރާއީލުން އެ ކޮރިޑޯގެ ބާރުތައް ދޫކޮށްލުމަށް ދެކޮޅު ހަދަމުން އަންނައިރު އެތަނުގެ ބާރުތައް ދޫކޮށްލުމަށް ހަމާސްއިން އަންނަނީ ބާރުއަޅަމުންނެވެ.

ހަމާސްއިން ބުނީ ކޮރިޑޯއިން އިސްރާއީލު ސިފައިން ފައިބާނެ ކަމަށް ވައުދުވި ނަމަވެސް އިސްރާއީލުން ވީ ވައުދު ފުއްދައިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި އިތުރު ޝަރުތުތައް ކަނޑައަޅައިފާ ކަމަށެވެ. އޭގެތެރޭގައި ގާޒާއަށް އެނބުރި އަންނަ މީހުން ސްކްރީން ކުރުންވެސް ހިމެނޭ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

your imageގާޒާގެ މެދުތެރޭގައި ހުންނަ މީހުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތް

މޭ މަހުގެ ތެރޭގައި އިސްރާއީލު ފައުޖުތަކުން ވަނީ އަސްކަރީ ޓޭންކުފަހަރާއެކު އެއްގަމު މަގުން ރަފަހަށް އަރައި ސަރަހައްދީ ރޮނގުގެ ކޮންޓްރޯލު ހޯދަައިފަ އެވެ. އިސްރާއީލުން ބޭނުން ވަނީ ހަނގުރާމަ ހުއްޓައިލި ނަމަވެސް، ފިލަޑެލްފީ ކޮރިޑޯގެ މައްޗަށް ބާރު ހިންގުމަށެވެ. ނަމަވެސް އިސްރާއީލު ސަރުކާރުގެ ތެރޭގައި ވެސް އެ ކަމާ މެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.

އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ މިސްރު މަގުން ގާޒާއަށް ހަތިޔާރު އެތެރެކުރުން ހުއްޓުވަން އެ ތަނުގައި ސިފައިން ތިބެން ޖެހޭނެ ކަމުގައެވެ. ނަމަވެސް ޔަހޫދީންގެ ދިފާއީ އިދާރާތަކުން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެހެނިހެން މަދަނީ އިމާރާތްތައް ވެސް ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. ހަނގުރާމައިގެ ސަބަބުން ފެނާއި ކާނާ އަދި ބޭސް ފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުމުންވެސް ގާޒާގެ ރައްޔިތުން ވަނީ މަހުރޫމުވެފަ އެވެ. އަދި ގާޒާއަށް ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއެކު، އދ.ގެ އެހީފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ގާތްގަޑަކަށް ހުއްޓިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް