ads
ގައްދޫ ކައުންސިލް
ގައްދޫގައި ދުވަހު މަސައްކަތްކުރާ ބިދޭސީންގެ އުޖޫރަ ކައުންސިލުން ކަނޑައަަޅައިފި
ގދ. ގައްދޫގައި ދުވަހު މަސައްކަތްކުރާ ބިދޭސީންނަށް ދޭން ޖެހޭ އުޖޫރަ އެރަށު ކައުންސިލުން ކަނޑައަަޅައިފިއެވެ.
Advertisement

މީ ކައުންސިލަކުން މި ގޮތަށް ނިންމި ފުރަތަމަ ފަހަރުއެވެ. 

ގައްދޫ ކައުންސިލުން ކަނޑައެޅި ބިދޭސީންގެ ދުވަހު އުޖޫރަ އުސޫލުގައިވާ ގޮތުން ރާނާ ސިމެންތި ޖެހުމުގެ މަސައްކަތް ކުރާ ބިދޭސީއެއްގެ ދުވަހުގެ އުޖޫރައަކީ ކެއުމާ އެކު 300 ރުފިޔާއެވެ. އަދި މި މަސައްކަތާއި ގުޅޭ އެހެންކަންކަމުގައި އުޅޭ ބިދޭސީއެއް ނަނަމަ އޭނާގެ ދުވަހުގެ އުޖޫރައަކީ ކެއުމާ އެކީ ދުވާލަކަށް 250 ރުފިޔާއެވެ.

ނަރުދަމާ ޖަންކްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތްތަކަށް ދުވަހުގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކެއުމާއެކު 300 ރުފިޔާއެވެ. އަދި މި މަސައްކަތާއި ގުޅޭ އެހެންކަންކަމުގައި އުޅޭ ބިދޭސީއެއްގެ ދުވަހުގެ އުޖޫރައަކީ ކެއުމާ އެކީ ދުވަހަކަށް 250 ރުފިޔާއެވެ. ފައިބަރު މަސައްކަތްކުރާ ބިދޭސީންނަށް ދުވަހަކަށް ކެއުމާއެކު 300 ރުފިޔާ ދޭން މި އުސޫލުގައި ވަނީ ހިމަނާފައެވެ.

އުސޫލުގައި ބަޔާންކޮށްފައި ނުވާ މަސައްކަތެއް ބިދޭސީއަކު ލައްވާ ކުރުވާނަމަ އެމީހަކަށް ދުވާލަކަށް ކެއުމާއި އެކު250 ރުފިޔާ ދޭންޖެހޭނެކަަމަށް ގައްދޫ ކައުންސިލުން ނިންމި ނިހްމުމުގައިވެއެވެ.

އެ ރަށު ކައުންސިލުން އިތުރަށް ބުނީ ގަވާއިދާ ހިލާފަށް އުޖޫރަ ނަގާކަމަށް އިއުތިރާފުވެފައިވާނަމަ ނުވަތަ ހެކިބަސް ލިބިފައިވާނަމަ ފުރަތަމަ ފަހަރު ނަސޭހަތްދެވޭނެ ކަމަށެވެ. އަދި މި ގަވާއިދާ ހިލާފަށް އުޖޫރަ ނަގައިފިކަން ސާބިތުވެއްޖެނަމަ އެކި އަދަދުތަކުން އެ ބިދޭސީއަކާއި ބިދޭސީއެއްގެ ބަލަދުވެރި ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ގައްދޫ ކައުންސިލުން ބުނީ މި ގޮތަށް އުޖޫރަތައް ދޭން ކަނޑައެޅީ ލާމަރުކަޒީ ގާނޫނުގެ 148 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ ދަށުންކަމަށެވެ. އަދި އުސޫލް ކަނޑައެޅީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގެ އުސޫލުތަކައި އެއްގޮތަށްކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

ގައްދޫ ކައުންސިލުން ވަނީ ބިދޭސީންގެ ދުވަހު އުޖޫރަ އުސޫލުގައިވާ ގޮތަށް އަމަލު ނުކުރާ ފަރާތްތަކަށްް ޖޫރިމަނާ ކުރާނެ އަދަދުތައްވެސް އެ އުސޫލޫގައި ހިމަނާފައެވެ. ގަވާއިދާ ހިލާފަށް އުޖޫރަ ނަގައިފިކަން ސާބިތުވެއްޖެނަމަ އެ ބިދޭސީއަކާއި ބިދޭސީއެއްގެ ބަލަދުވެރި ފަރާތް ޖޫރިމަނާ ކުރާނެކަމަށްވެސް އުސޫލުގައިވެއެވެ.

ޖޫރިމަނާ ކުރާ އަދަދުތައް

  •  500 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަދަދަކުން ( ފުރަތަމަ ފަހަރު ބިދޭސީ މީހާ ) 
  •  ބިދޭސީގެ ބަލަދުވެރި ފަރާތް 1،500 ރުފިޔާއާއި 3،000 ރުފޔާއާ ދެމެދުގެ އަދަދަކުން ( ދެވަނަ ފަހަރު )
  • ބިދޭސީއާއި ބިދޭސީގެ ބަދަލުވެރި ފަރާތް 3،000 ރުފިޔާއާއި 5،000 ދެމެދުގެ އަދަދަކުން  ( ތިންވަނަ ފަހަރު ) 
  • ބިދޭސީއާއި ބިދޭސީގެ ބަލަދުވެރި ފަރާތް 5،000 ރުފިޔާއިން ޖޫރިމަނާކުރުމާއި ފުލުހުން މެދުވެރިކޮށް ގަވާއިދާ ހިލާފަށް ގައްދޫގައި ހަރަކާތްތެރިވާ ބިދޭސީއެއް ކަމަށް ކަނޑައަޅާ، ފިޔަވަޅު އެޅުން ( ހަތަރު ވަނަފަހަރު )
  • އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތުގެ މަތިން ފިޔަވަޅު އެޅުން (އެންމެ ފަހުން )

ގައްދޫ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް އުޖޫރަ ނަގާކަމަށް އިއުތިރާފުވެފައިވާނަމަ ނުވަތަ ހެކިބަސް ލިބިފައިވާނަމަ ފުރަތަމަ ދޭނީ ނަސޭހަތްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް