ފުލުހުން ވަނީ ހިންނަވަރުގައި ޑްރަގު އޮޕަރޭޝަނެއް ކުރިޔަށް ގެންދާކަން ޔަގީންކޮށްދީފައެވެ. އެ އޮޕަރޭޝަަނަކީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނެއްކަމަށް އެ އިދާރާއިން ބުނެއެވެ.
ފުލުހުން ބުނީ އޮޕަރޭޝަން ނިމުމުން އެކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެކަމަށެވެ.
އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން ހިންނަވަރުގައި އެބަ ތިއްބެވެ. އަދި އެ ރަށުގެ ބައެއް ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.