ads
ގަލޮޅު ދަނޑު
ގަލޮޅު ދަނޑުގެ ބަދަލުގައި ހުޅުމާލެއަށް ސްޓޭޑިއަމެއް
ގަލޮޅު ދަނޑު ތަޅާލައި، އެ ތަން ހުރި ބިމުގައި އިންޑިއާގެ އެހީގައި އާ ސްޓޭޑިއަމެއް އަޅަން ކުރީ ސަރުކާރުން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، އާ ސްޓޭޑިއަމް ހުޅުމާލޭގައި އަޅަން ސަރުކަރާރުން ނިންމައިފިއެވެ.
Advertisement

ގަލޮޅު ދަނޑު ތަޅާލައި، އެ ތަން ހުރި ބިމުގައި އިންޑިއާގެ އެހީގައި އާ ސްޓޭޑިއަމެއް އަޅަން ކުރީ ސަރުކާރުން ރާވާފައި އޮތް ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި އޮތީ އާ ސްޓޭޑިއަމް ހުޅުމާލޭގައި އަޅަންކަން ހާމަ ކުރެއްވީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ މިނިސްޓަރު ރާފިއު ވިދާޅުވީ ގަލޮޅު ދަނޑު އެ ހުރި ސަރަހައްދަކީ އާ ސްޓޭޑިއަމެއް އަޅަން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، ސެކިއުރިޓީ ކަންކަމާއި، ޕާކިން އަށް ބެލި ނަމަވެސް އެ ސަރަހައްދު އެކަމަށް އެކަށީގެންނުވާ ކަމަށެވެ.

ރަސްމީ ދަނޑުގެ ގޮތުގައި ގަލޮޅު ދަނޑު ބޭނުންކުރަމުން އަންނަނީ 1960ގެ އަހަރުތަކުން ފެށިގެންނެވެ. އެތަނުގައި ސިޑިބަރި ގާއިމްކުރަން ފެށީ 1980ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން ބޮޑެތި މުބާރާތްތަކަށް މަރާމާތުކޮށް އެކި ބަދަލުތައް ގެނެސްފައިވެ އެވެ. އެކަމަކު އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް