ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނައީ އިއްޔެއެވެ.
ފުލުހުން ބުނީ ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނެސް ތަހުގީގަށް ބޭނުންވާ ބައެއް ތަހުލީލުތައް ކުރުމަށްފަހު އަނބުރރާ މިއަދު އެރަށަށްް ފޮނުވާފައިވާކަމަށެވެ. އެއަށްް ވުރެ އިތުރު ތަފްސީލެއް މި މައްސަލާގައި އަދި ފުލުހުން ނުދެއެވެ.
ޒަކިއްޔާ މޫސާގެ ގޭގައި ހުންނަ ގުދަނެއް ކައިރީ އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގެއިން ކުނި ނަގަން ވަން ބިދޭސީންގެ ބަޔަކަށެވެ. ޒަކިއްޔާ ފެނުނުއިރު އޮތީ ކަރުގައި ވަޅި އަޅާފައިކަމަށާއި އޭނާ ކައިރީ ބޮޑު ވަޅިއެއް އޮތްކަމަަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.
މި މަރުގެ ތަހުގީގަށް ފުލުހުންގެ ފްރެންސިކް ޓީމެއް ހޮޅުދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް އެބަ ތިއްބެވެ.