ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާކަމަށެވެ. ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެތަކެތީގެ ބަރުދަނުގައި86.26 ގްރާމު ހުރިކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން އެމީހުން އަތުން 293000 ދިވެހި ރުފިޔާއާއި ޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ހިންނަވަރު ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
ފުލުހުން ބުނީ މި ފަސްމީހުންގެ އިތުރުންވެސް މި އޮޕަރޭޝަނުގައި، އިތުރު ބައެއް އެހްނެ މީހުން ބަލާ ފާސްކޮށްފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ފަސްމީހުންގެ ބަންދާއި މެދުގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ހުސައިން އީސާ ފުޅާއި އަހްމަދު މުހައްމަދު ހަތް ދުވަހުގެ ބަންދު ޖަހާފައިވާކަމަށެވެ. އަދި އަބްދުﷲ ޒަކަރިއްޔާގެ ބަންދަށް 15 ދުވަސް، ފާތިމަތުު ރީމާގެ ބަންދަށް 12 ދުވަސް އަދި މުހައްމަދު އިރުޝާދުގެ ބަންދަށް ތިން ދުވަސް ކޯޓުން ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.