އަމީތަބަކީ އަބަދުވެސް އޭނާގެ ބްލޮގް މެދުވެރިކޮށް ސަޕޯޓަރުންނަށް ތަފާތު ވާހަކަތައް ހިއްސާކުރަމުން އަންނަ ފަންނާނެކެވެ. އެގޮތުން އޭނާގެ ހިޔާލުތަކާއި އޭނާގެ ސިއްހަތާ ބެހޭ މައުލޫމާތުތައް ބްލޮގް މެދުވެރިކޮށް ހިއްސާކުރެއެވެ.
ދާދި ފަހުން އަމީތާބު ވަނީ ބްލޮގް މެދުވެރިކޮށް އޭނާގެ ލޮލުގެ ފެނުން ފުސްވެފައިވާ ކަމަށް ބުނެފައެވެ. އަދި ފެނުމުގައި މިދުވަސްކޮޅު މައްސަލަތަކެއް އުޅޭ ކަމަށާއި ލޯ އަނދިރިވުމުގެ މަގުމަތީގައި އުޅޭހެން ހީވާކަމަށް ވެސް އަމީތާބު ވަނީ ބުނެފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް އުމުރުން 77 އަހަރުގެ އަމީތާބުގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓު ކުރި އެވެ.
އަމީތާބު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ "ބަދްލާ" އިންނެވެ. އެފިލްމުގައި އެނާ އާއެކު ތާޕްސީ ފެނިގެންދިޔައިރު ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.