ހއ. މާރަންދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި އިންތިހާބުގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން ނެރޭ ކެންޑިޑޭޓަކާއި އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓްއެކެވެ.
ހއ. މާރަންދޫ ކައުންސިލްގެ މެންބަރުކަމަށް ވަދާކުރާ ކެންޑިޑޭޓުން
މިދިޔަ ރިޔާސީ އިންތިހާބަށް ފަހު މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބަކުން ވެސް ކުރި ހޯދާފައިވަނީ ވެރިކަންކުރާ ޕީއެންސީ އެވެ. މާލޭ ސިޓީ ކައުންސިލްގެ ތިން މެމްބަރުން މަޖިލިހަށް ހޮވުމުން އެންމެ ފަހުން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ އެ ތިން ގޮނޑިވެސް ކާމިޔާބު ކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ.