އެފްއޭއެމްގެ ހިންގުން ފީފާއިން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީއާއެކު ހަވާލާދީ ރާފިއު ވިދާޅުވީ، ކްލަބުތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުން ހުރި ކަމަށެވެ. އެ ކަންބޮޑުވުންތަކުގެ ތެރޭގައި ކުރިން އެފްއޭއެމްއިން ކްލަބުތަކަށް ދޭން ޖެހިފައި އޮތް ފައިސާ ނުދެވި އޮތުމާ އެކު، ކްލަބުތަކަށް ކުޅުންތެރިންނަށް ފައިސާ ނުދެވިގެން ކްލަބު ލައިސަންސިން ފުރިހަމަ ނުކުރެވި އޮތް އޮތުންވެސް ހިމެނެއެވެ.
ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ތެރެއިން ކްލަބް ލައިސަންސިން ފުރިހަމަކުރި ހަމައެކަނި ކްލަބަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެ ޓީމަށް ވެސް އެފްއޭއެމް އިން ލިބެން ޖެހޭ ފައިސާ ދެ މިލިއަނަށް ވުރެ އިތުރެވެ.
ފުޓްބޯޅައިގެ ހާލަތު މި ވަގުތު އޮތްގޮތުން، ގިނަ ދިވެހި ކޯޗުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.