ads
މުދަލު ޒަކާތު ބަހަނީ
މުދަލު ޒަކާތް ބަހަނީ، ބޮލަކަށް 4000 ރުފިޔާ ޖެހޭ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މުދަލު ޒަކާތް ބަހަން ފަށައިފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުދަލު ޒަކާތް ބަހަނީ 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހުކަމަށެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭހެން ޒަކާތް ހައްގުވާ 3183 މީހަކު އެބަ ތިބިކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4000 ރުފިޔާ ބޮލަކަށް ޖެހޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުނަށް ސީދާ ގޮތުން އެންމެ ގިނައިން ބޮލަކަށް ޖެހުނު އަހަރުކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

މިދިޔަ 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

މިއަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި 12 މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރު ބަހާނެއެވެ. 

މިއަހަރު ޒަކާތު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16,781610.99 ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް