ads
ބަންކަރިން ހިދުމަތް ދޭން ބޭނުން ކުރާ ދެވަނަ ބޯޓު -- ފޮޓޯ: އެސްޓީއޯ
ބަންކަރިންގެ ހިދުމަތަށް ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި
ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައިވާއިރު މިމަސައްކަތަށް ބޭނުން ކުރާ ދެވަނަ ބޯޓު ވެސް ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފި އެވެ.
Advertisement

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރިން ނިންމާފައި އޮތީ މި ނިމުނު ހަފްތާގައި އެވެ. ނަމަވެސް މޫސުން ގޯސްވެގެން އުޅަނދުތައް އައުން ލަސްވުމުން ތާރީހު ފަސްކުރަންޖެހުނީ އެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ގެންނަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ. މީގެތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މިމަހުގެ 9ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފަ އެވެ.

އަދި ދެވަނަ ބޯޓު "މެރިން ބެއްލާ"ވެސް މިހާރުވަނީ ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފަ އެވެ.
ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގަ އެވެ.

އުތުރުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގައި މުހިންމު ސަރަހައްދަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް