ads
ޑޮނަލްޑް ޓްރަމްޕާއި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ފުރަތަމަ ބަހުސް ދިޔައީ ވަރަށް ފޯރިގަދަކޮށް
ކަމަލާގެ އެއްވުންތަކަށް މީހަކު ނުދޭ: ޓްރަމްޕް
މިހާރުގެ ނާއިބު ރައީސް ކަމަލާ ހެރިސްގެ އެއްވުންތަކަށް މީހުން ނުދާ ކަމަށާއި އަދި ދާންވީ ސަބަބެއް ވެސް ނެތް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސްއާ އެކު ޓީވީ ބަހުސްގައި ހުންނަވާ ޓްރަމްޕް ވިދާޅުވީ ބައިޑަން-ހެރިސްގެ ސަރުކާރުން ގައުމު "ސުންނާފަތިކޮށްލި"ކޮށްފި ކަމަށެވެ.

ނަތީޖާއަކީ ޖޯ ބައިޑަން އިންތިހާބު ދޫކޮށްލައްވަން މަޖުބޫރުވުމެވެ. އަދި ދެން އިންތިހާބަށް ދެއްކި ކަމަލާ އެއްވުންތައް ބާއްވާ ކެންޕެއިން ފެށުމުންވެސް އެތަންތަނަށް ނުކުންނާނެ މީހަކު ނުވާ ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވުމާ އެކު ކަމަލާ ވަނީ އެ ވާހަކަ ގަބޫލު ނުކުރެއްވޭކަން އިޝާރާތުން ދައްކަވައި އަދި ހިނިފުޅު ވަޑުވައިފަ އެވެ.  

ޓްރަމްޕް ވަނީ ކަމަލާއަކީ "މާކްސިސްޓެއް"ގެ ގޮތުގައި ވެސް ލޭބަލް ކޮށްފަ އެވެ. ރައްދުގައި ކަމަލާ ވިދާޅުވީ ޓްރަމްޕްއަކީ ޑިކްޓޭޓަރުންނާ އެކު "މެންދުރު ކެއުމަށް އަރާ" ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ޓްރަމްޕްގެ އެއްވުންތައް ދޫކޮށް މީހުން "މާޔޫސްވެގެން" ނުކުންނަ ކަމަށެވެ.

އެމެރިކާގެ ފިލަޑެލްފިއާގައި 90 މިނެޓަށް ދެމިގެންދިޔަ ރިޔާސީ ބަހުސް ގައި ކަމަލާ ފެށުނީއްސުރެ ވެސް ގެންދެވީ ރިޕަބްލިކަން ޕާޓީގެ ވާދަވެރިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އޭނާގެ ޖިނާއީ ޝަރީއަތްތަކާއި ކޮވިޑް-19ގެ ބަލިމަޑުކަމާ މެދު އަމަލުކުރެއްވި ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކަމަލާ އަކީ މިހާރުގެ ރައީސް ޖޯ ބައިޑަން ސަރުކާރުގެ ނައިބު ރައީސް އެވެ. ކަމަލާ އަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޖޯ ބައިޑަން އިންތިހާބު ދޫކޮށްލެއްވުމުންނެވެ.

ޑޮނަލްޑް ޓްރަމްޕް އަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އޭނާ ވަނީ މީގެ ކުރިން އެމެރިކާގެ ރައީސްގެ މަގާމު ހަތަރު އަހަރު -- އެއްދައުރު ފުރިހަމަކުރައްވާފަ އެވެ. އޭނާ މިފަހަރު ވާދަކުރައްވަނީ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ގާނޫންއަސާސީ ލިބިދޭ ދެވަނަ ދައުރަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ހިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ޓްރަމްޕްގެ މައްޗަށް ކަމަލާ ހެރިސް ކާމިޔާބު ހޯއްދަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް