ވަޒީރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބުނަނީ ވެރިކަން ކުރާ ރަށަކީ މާލެކަމަށެވެ. ގާނޫނު އާސާސީގައި ބަޔާންކޮށްފައި އޮންނައިރު ވެރިކަން ކުރާ ރަށަކީ ކ. މާލެ ކަމަށް ބަޔާންކޮށްފައި ނުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ކ. މާލެ ލިޔެފައި ނޯންނަކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
މާލެ އަކީ ކ. އަތޮޅުގެ ރަށެއް ނަމަވެސް މާލެ އަކީ ވެރިކަންކުރާ ރަށަށްވާތީ މާލެ ލިޔާއިރު ކ. މާލެ ލިޔެ ނޫޅޭކަމަށްވެސް ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.