ads
ވައްކަން ކުރި އާދަމް ހުސައިން. .ި މައްސަލާގައި ހިމެނޭ އިތުރު ދެ މީހަކު އަންނަނީ ހޯދަމުން
ވައްކަން ކުރި އެކަަކު އަތުލާ އަނެއް ދެމީހުން ހޯދަނީ
މާލޭގެ ގެއަކުން ވައްކަން ކުރި އެކަކު ހޯދާ އެކަމުގައި ބައިވެރިވި ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ދަންވަރު ހ.ފަތަގުމާގެއިން ވައްކަން ކުރި އެކަކު ހޯދާ އެކަމުގައި ބައިވެރިވި އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ލ.މާވަށް / ޖަމީލާމަންޒިލް އުމުރުން 48 އަހަރުގެ އާދަމް ހުސައިންއެވެ. މިނާާއާ އެކު މިކަމުގައި ބަައިވެރި ދެ މީހަކު ހޯދަމުން އަންނަކަމަށް ފުލުހުން ބުނިނަމަވެސް އެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އާއްމެއް ނުކުރެއެވެ. 

ފުލުހުން ބުނީ މި މައްސަލާގައި އާދަމް ހުސެއިން ހައްޔަރުކޮށް ދެ ތަނެއް ބަލާ ފާސްކޮށް އެމީހުން ވަގަށް ނެގި ތަކެތި ހޯދާފާއިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް