ads
ޕޭޖަރުތަކެއް ގޮވައި ލުބްނާނުގައި އަށް މީހުން މަރުވުން
ޕޭޖަރުތަކެއް ގޮވައި ލުބްނާނުގައި ނުވަ މީހުން މަރުވެއްޖެ
އިޒުރޭލުން ދިން ސައިބާ ހަމަލާއެއްގައި ހިޒްބުﷲ ހަނގުރާމަވެރިން މުއާސަލާތުކުރަން ބޭނުންކުރާ ޕޭޖަރުތަކެއް ގޮއްވާލައިފި އެވެ.
Advertisement

އިސްރާއީލްގެ މި ހަމަލާއާ ގުޅިގެން ލުބުނާންގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. މިހާތަނަށް އައިއިރު، ލުބުނާންގެ ގިނަ ހޮސްޕިޓަލްތަކެއް މިހާރު ވަނީ ފުރިބާރުވެފަ އެވެ. 

ލުބްނާނުގެ ހެލްތް މިނިސްޓްރީން ބުނީ, ޕޭޖަރުތައް ގޮވި ހާދިސާގައި ނުވަ މީހުން މަރުވެފައިވާ ކަަމުގަ އެވެ. އަދި, 30000 އެއްހާ މީހުން ޒަހަމުވެފައިވާ ކަމުގަ އެވެ. 

ޒަހަމުވި މީހުންގެ ތެރޭގައި ބައިރޫތުގައި ހުންނަވާ އީރާނުގެ ސަފީރު ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އީރާނުގެ ބައެއް މީޑިޔާތަކުން ވެސް ވަނީ އެ ގޮތަށް ރިޕޯޓު ކޮށްފަ އެވެ.

"މިއީ ސަލާމަތީ ގޮތުން ބޮޑު ގެއްލުމެއް، ހިޒްބުﷲ ގެ މުއާސަލާތީ ޑިވައިސް ކޮމްޕްރޮމައިޒްވެއްޖެ. އަޅުގަނޑުމެންނަށް ފެނިފައިވަނީ ލުބުނާނުގެ އެކި ހިސާބުތަކުން ލެއާ އެކީގައި މަގުތަކަށް ވެއްޓިފައި ތިބި މީހުން. ހޮސްޕިޓަލުތަކުން ލޭ ހޯދުމަށް ވެސް މަސައްކަތް އެބަ ކުރޭ." ބެއިރޫތުގައި ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔާ ކިޔައި ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުބްނާންގެ މުވާސަލާތީ ނެޓްވޯކާ ގުޅިގެން ހިޒްބުﷲ ހަނގުރާމަވެރިން ބޭނުންކުރާ މި ޕޭޖަރުތައް ގޮއްވާލީ އިޒުރޭލުންނެވެ. އިޒުރޭލުން މި ހަމަލާ އަމާޒުކޮށްފައި ވަނީ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ދިރިއުޅޭ ހިސާބުތަކަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް