ads
ރާއްޖޭގެ އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށްގެން، ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން ތައާރަފްކުރުން
ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފްތިތާހުކޮށްފި
ރާއްޖޭގެ އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށްގެން، ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން ތައާރަފްކޮށްފި އެވެ.
Advertisement

މި ފަންޑް އިފްތިތާހުކޮށްފައި ވަނީ އެކަމަށްޓަކައި ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިފަންޑުގެ އެހީތެރިކަމަށް އެދުމަށް އަންނަ އޯކްޓޫބަރ މަހުގެ 10 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުންނެ އެވެ.

 ފަންޑުގެ ދަށުން މި އަހަރު އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ:

  • ފިލްމު ހެދުން

  • މިއުޒިކް އުފެއްދުން

  • އާޓް އެންޑް ކްރާފްޓްގެ މަސައްކަތް

  • ކޮންޓެންޓް ހެދުމުގެ މަސައްކަތް

މި ފަންޑު އިފްތިތާހުކުރުމުގެ އިތުރުން ކުރިއަށް އޮތް 5 އަހަރަށް ކްރިއޭޓިވް އިކޮނޮމީގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަގުޗާޓެއްވެސް މި ރަސްމީއްޔާތުގެ ތެރެއިން އިފްތިތާހްކޮށްފައިވެ އެވެ. 

މި މަގު ޗާޓުގެ ތެރެއިން ކްރިއޭޓިވް އިކޮނޮމީއާއި ގުޅޭ އިސްތިރާޖުތައް ކަނޑައަޅާ އެކަންކަން ތަންފީޒުކުރުމަށް މަސައްކަތް ކުރާނެއެވެ.  

ބީސީސީ އިން މިހާރު އަންނަނީ ފަންނުވެރިންގެ ހާއްސަ ދަފްތަރެއް ރަސްމީ ސިފައެއްގައި އެކުލަވާލައި މާލީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ބަލާނީ، "ރެވެނިއު ބޭސްޑް ފައިނޭންޝަލް ސްކީމް"އެއް ގާއިމުކޮށް، އެ މީހަކަށް ލިބޭ އާމްދަނީއަކަށް ބަލައި އެއިން ވަކި ޕަސެންޓެއް ލޯނު ދައްކައިގެން އެހީ ދިނުމަށް ކަމަށް އެތަނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް