ads
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން (ވ) އާއި ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖުން (ކ). -- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ރާއްޖެއިން ޗައިނާއާއެކު އަސްކަރީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާ ކޮށްފި
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖުންއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

މި ބައްދަލުވުން އޮތީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން 11 ވަނަ ބެއިޖިން ޝިއަންގްޝަން ފޯރަމްގެ ހަވާސާގައެވެ.

މި ފޯރަމަކީ އޭޝިޔާ ޕެސިފިކް ގައުމުތަކުގެ އަސްކަރީ ދާއިރާގެ ވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމެކެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ މިނިސްޓަރު ގައްސާން މައުމޫނާއި ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖުން އާ ބައްދަލުކުރައްވާފައި ވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ ވަފުދާ އެކު ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެވައުދުފުޅުގެ ދަށުން ރައީސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ހިދުމަތަށް "އެއާ ކޯ" ތައާރަފު ކުރައްވާފަ އެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް