ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮތީ އިންޑިއާގެ ޗެންނާއީގައެވެ. ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގައި ދިވެހި ފިރިހެން ޓީމުން ވަނީ 100 މީޓަރު ރިލޭ 41.98 ސިކުންތުން ނިންމާފައެވެ. އަންހެނުންގެ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖެ ލޯ މެޑެލް ހޯދާފައިވަނީ 48.04 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުން ރާއްޖެއަށް ދެ ލޯ މެޑެލް ލިބުނުއިރު، މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ އަށް އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުންނެވެ.