ރޮނާލްޑޯ، އެއް ބިލިއަން ފޮލޮވަރުން ހޯދާފައިވަނީ އިންސްޓަގްރާމް، ފޭސްބުކް، ޓްވިޓާ، ޔޫޓިއުބް، އަދި ޗައިނާގެ ސޯޝަލް މީޑިއާ ސައިޓްތައް ކަމަށްވާ ވެއިބޯ އަދި ކުއައިޝޫގައި އޭނާގެ ޖުމްލަ ފޮލޯވަރުންގެ އަދަދު އެއްކޮށްލައިގެންނެވެ.
އެންމެ ފޮލޯވަރުން ގިނަ އެތްލީޓަކަށް ރޮނާލްޑޯވީއުރު، އޭނާ އަންނަނީ ދަނޑު މަތީގައިވެސް އަދި ދަނޑުން ބޭރުގައިވެސް އެތައް ރެކޯޑެއް ހަދަމުންނެވެ. އެއް ބިލިއަން ފޮލޯވަރުންނާއެކު ދުނިޔޭގެ ރެކޯޑު ރޮނާލްޑޯ ހެދިއިރު، މިދިޔަ ހަފްތާގައި އޭނާވަނީ ކެރިއަރުގައި 900 ލަނޑު ޖަހައި އެކަމުގައިވެސް ރެކޯޑް ހަދާފައެވެ.
ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު އެއް ބިލިއަނަށް އެރިރިއު، ވާދަވެރި މެސީގެ ފޮލޯވަރުންގެ އަދަދަކީ އެންމެ 623 މިލިއަން އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;