
1994 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު ލިބިފައިވާ އައިޝްވާރިއާއަކީ ހެދުން އެޅުމުގައި އަބަދުވެސް ވަރަށް ފުރިހަމަކަމެއް ގެންގުޅޭ ތަރިއެކެވެ. ހާއްސަކޮށް އޭނާ ރެޑް ކާޕެޓް ތަކަށް ދާން ލާ ހެދުން ތަކަށް ގިނަ ބައެއްގެ ލޯތައް ހުއްޓެ އެވެ.
އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ހެދުމަކީ ކާންސް 2019 ރެޑް ކާޕެޓަށް އޭނާ ލައިގެން ހުރި ހެދުމެވެ.
ޖީން ލުއީ ސަބާޖީގެ މެޓަލިކް ގޯލްޑް-ޔެލޯ ގެ މި ހެދުން ގިނަ ބަޔަކަށް ރީތިވެގެން ގޮސްފައި ވާއިރު، މި ހެދުން އެހާ ރީތިވެގެން ގޮސްފައި މިވަނީ އައިޝްވާރިއާ ލުމުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ކަނެސް ރެޑް ކާޕެޓް ގައި އައިޝްވާރިއާ ލީ ޕައުޑާ ބްލޫ ކުލައިގެ ގަޔަށް ފިޓް ހެދުން ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.
މި ހެދުމާއެކު މާ ގިނަ ގަހަނާތަކެއް ބޭނުން ނުކުރިއަސް މި ހެދުމުގެ ރީތިކަމާއި ފުރިހަމަ ކަން އައިޝްވާރިއާ ވަނީ ދައްކާލާފަ އެވެ.
ހަމަ އެހަރު ދުބާއީގެ ޑިޒައިނަރެއްގެ ހެދުމެއް ލައިގެން އައިޝްވާރިއާ ރެޑް ކާޕެޓަކަށް ދިއުމުން އެ ހެދުމުގައި ލޯ އަޅައިގެން އެތައް ބަޔަކު އެބަ ތިއްބެވެ.
ބޮޑެތި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަ ކުދިންނަށް ވެސް މިހެދުން ކަމުދިޔަ އެވެ.
އައިޝްވާރިއާގެ ހެދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ހެދުމަކީ މި ހެދުމޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހުދު ކުލައިގެ މިހެދުން ގިނަ ބަޔަކަށް ކަމު ގޮސްފައިވާއިރު، މި ހެދުން އައިޝްވާރިއާ ނޫން އެހެން މީހަކު ލީނަމަ ރީއްޗެއް ނުވާނެ އޭ ބުނާ ގިނަ ބަޔަކު ވެސް އެބަ ތިއްބެވެ.
އެލީ ސާބްގެ ކަޅު ކުލައިގެ މި ހެދުންމީ ގިނަ އަދަދެއްގެ ބަޔަށް ކަމުދިޔަ ހެދުމެކެވެ. 2013 ވަނަ އަހަރުގެ ކާންސް ރެޑް ކާޕެޓަށް އަޝްވާރިއާ ލި މި ހެދުން ގިނަ ބަޔަކަށް ކަމުގޮސްފައި ވާއިރު، އެދުވަހު އޭނާގެ މޭކް ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ.
އައިޝްވާރިއާ ފިލްމީ ދުނިޔެއަށް ނުކުމެފައި ވަނީ 1997 ވަނަ އަހަރު އެވެ. އޭނާ ކުޅެފަވާ ފިލްމް ތަކުގެ ތެރެއިން ޑޭވްޑާސް، ގުޒާރިޝް، ޖޯދާ އަކްބަރު އަދި މޮހައްބަތެއިން އަކީ ފާހަގަ ކޮށްލެވޭ ފިލްމު ތަކެވެ.