މިއަދުން ފެށިގެން ބާޒާރުގައި ފިޔާ ތިޔާގިވާނެ: ވަޖީހް
މުހައްމަދު އާދަމް އަހްމަދު
14 ސެޕްޓެމްބަރ 2024 - 14:26:25
ބާޒާރުން ފިޔާ ލިބުން ދަތިވެ އަގުތައް އިންތިހާއަށް އަރާފައިވާ މައްސަލަ ހައްލުވެ މިއަދުން ފެށިގެން ބާޒާރުގައި ފިޔާ ތިޔާގި ވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ބާޒާރުން ފިޔާ ހުސްވެ ފިޔާ ބަސްތާއެއްގެ އަގު ވަނީ 900 މައްޗަށް އަރާފައެވެ. އަދި ވަކި ކިލޯއެއްގެ އަގު އުޅެނީވެސް 50 ރުފިޔާއިން މަތީގައެވެ.
މިކަމާއި ގުޅިގެން އެފްބީގައި ކުރެއްވި ޕޯސްޓެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ މިދުވަސް ކޮޅު މާލޭ މާކެޓުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ، އިންޑިޔާ އަށް މޫސުމް ގޯސް ވުމުގެ ސަބަބުން ފިޔާ ދަޑުތަކަށް ލިބުނު ގެއްލުން ތަކާއެކު، އިންޑިޔާއިން ފިޔާ އެކުސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީކަމަށް މައުލޫމާތު ލިބިފައިވާކަަމަށެވެ. އަދި މި ޝޯޓޭޖް އުޅެނީ ހަމަ އެކަނި ރާއްޖެ އެކަނީ ނޫންކަމަށާއި އަވަށްޓެރި ސްރީލަންކާ އަށްވެސް އިންޑިޔާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތި ތަކެއް ކުރިމަތިވެފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ.
" އެހެން ނަމަވެސް މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން އެބަ ގެންދޭ. އެގޮތުން އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ (ބޯޓުން) އިން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3300 ބަސްތާ، ޖުމުލަ 6280 ބަސްތާ ފިޔާ މިއަދު މާލޭ މާކެޓަށް ނެރެމުން އެބަ ގެންދޭ." ވަޖީހު އެފްބީގައި ކުރެއްވި ޕޯސްޓްގައިވެއެވެ.
މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުންވެސް 3300 ބަސްތާ ފިޔާ، މާލޭ ބާޒާރަށްް ނެރޭނެކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފައެވެ. އަދި މީގެއިތުރުން މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުންވެސް އައްޑޫ ސިޓީގެ ބާޒާރަށް 1180 ބަސްތާ ފިޔާ ނެރެފައިވާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
އިންޑިޔާގެ މޫސުމް ގޯސްވާ ބައެއްފަހަރު، ދަޑުތަކަށް ލިބޭ ގެއްލުން ތަކުގެ ސަބަބުން، މާކެޓަށް ނެރޭ ފިޔާ މަދުވުމަކީ، ދޭތެރެ ދޭތެރެ ދިމާވަމުން އަންނަކަމެއްކަށާއި ފިޔާ ޝޯޓުވުމުން މާކެޓުގައި އަގު މައްޗަށް ދިއުމަކީ އަބަދުވެސް ހިގަމުން އަންނަ ކަމެއްކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް