ads
ޖިންސީ ގޯނާގެ އަމަލު ރަމްޒުކޮށްދޭ ފޮޓޯއެއް----
ކުޑަ އަންހެން ކުއްޖަކަށް ކުޑަ ފިރިހެން ކުއްޖަކު، ޖިންސީ ގޯނާކުރި މައްސަލައެއް
ކުޑަ އަންހެން ކުއްޖަކަށް ކުޑަ ފިރިހެން ކުއްޖަކު، ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގަައި އަންހެން ކުއްޖާއަށް އޮޅުވާލައިގެން ފަޅުތަނަކަށް ގެންގޮސް އެ ފިރިހެން ކުއްޖާ ވަނީ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފަ އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް - މ، ފ، ދ، ތ، ލ ގައި ހިމެނޭ ރަށެއް ގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދުގެ ވަގުތެއްގައި ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައަށް ފުލުހުން އެޓެންޑްވެފައިވާއިރު، މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޖެންޑަރ މިނިސްޓްރީ އާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާނެ ކަމަށެވެ. އަދި ކުއްޖާގެ ވަނަވަރު ރައްކާ ކުރުމުގެ ގޮތުން އެ ކުއްޖާ ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަނުކުރާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ގާނޫނީ ގޮތުން ވެސް މަނާކަމެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް