ads
ސްޓެލްކޯ އެމްޑީ ހުސެއިން ފަހުމީ
ސްޓެލްކޯއިން ބިލް ކުރާ ގޮތް ބަލަން މުއައްސަސާތަކަށް ދައުވަތު ދީފި
ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަށް ބިލްކުރަމުން ނުދާނެ ކަމުގެ ޔަގީންކަންދީ، އެ ނޫން ގޮތަކަށް ބިލްކުރަމުންދޭތޯ މުއްސަސާތަކުން ބެލުމަށް ސްޓެލްކޯއިން ދައުވަތު ދީފި އެވެ.
Advertisement

ސްޓެލްކޯއިން މިކަން ފާހަގަކޮށް ބަޔާނެއް ނެރެފައި މިވަނީ އޫސޫލުތަކާއި ހިލާފަށް އެކުންފުނިން އަމަލުކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގާއި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

މި ކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ އުސޫލުތަކާ ހިލާފަށް އެ ކުންފުނިން އަމަލުކުރަމުންދާ ކަމަށްބުނެ، އަޑުފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، އަދި އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ހެދިފައިވާ ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް. މިދެންނެވި އުސޫލުތަކާއި ހިލާފަށް މިކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން," އެ ކުންފުނިން ބުނެފައިވެ އެވެ.

މިއާއެކު ކުންފުނިން ރީޑިން ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފަ އެވެ.

"މިފަދަ ގޮތަކަށް އަމަލުކުރާތޯ ބެލުމަށް ކަމާއިގުޅުންހުރި ހުރިހާ އިދާރާއަކަށް ދައުވަތު އަރުވަން" ކުންފުނިން ބުނެފައިވެ އެވެ.

ސްޓެލްކޯއަކީ 75 އަހަރުގެ ހިދުމަތުގެ ދިގު ތާރީހެއް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެ ވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިހުލާސްތެރި މަސައްކަތް ކަމަށް ބުނެފައިވެ އެވެ.

އެ މަސައްކަތުގައި ގެންގުޅޭ އަހުލާގާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ އެ ކުންފުނި ފަހުރުވެރިވެ ޝުކުރުވެރިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް