ads
އިރާންގެ ނިއުކުލިއާ ޕްރޮގްރާމާ މެދު އެމެރިކާ އަބަދުވެސް ކަންބޮޑުވޭ
ނިއުކުލިއަ ޕްރޮގްރާމް ހުންނާނީ ބައިނަލްއަގްވާމީ އިމުގައި: އިރާން
އިރާނުގެ ނިއުކުލެއަ ހަރަކާތްތައް އަބަދުވެސް ހުންނާނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކުގެ އިމުގެ ތެރޭގައި ކަމަށް އިރާނުން ބުނެފި އެވެ.
Advertisement

އީރާނުން މިހެން ބުނެފައި މިވަނީ މެދުއޮރުމަތީގެ އެންމެ ނުފޫޒު ގަދަ ގައުމު ކަމަށްވާ އިރާނުގެ ނިއުކުލެއަ ޕުރޮގްރާމްގެ ނުރައްކާތެރި ކަމާ ބެހޭ ގޮތުން އެމެރިކާ އިން ވަރުގަދަ ބަޔާނެއް ނެރެފައި ވަނިކޮށެވެ.

ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)އަށް ކަނޑައަޅާފައިވާ އެމެރިކާގެ ސަފީރު ލޯރާ ސޫސަން ހޭޒް ހޮލްގޭޓް، އައިއޭއީއޭގެ ބޯޑު އޮފް ގަވާނަސްގައި ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިރާނުގެ ނިއުކުލިއާ ޙަރަކާތްތައް ދަނީ ވަރަށް ނުރައްކާތެރި މަގަކުން ކަމަށެވެ.

އެމެރިކާގެ ސަފީރު ފާހަގަކުރެއްވި ގޮތުގައި އިރާނުން ދަނީ އެ ގައުމުގެ ނިއުކުލިއާ ޕްރޮގުރާމް ފުޅާކުރަމުންނެވެ. އަދި އިތުރު އެޑްވާންސްޑް ސެންޓްރިފިއުޖް ކެސްކޭޑްތައް ބަހައްޓަމުންނެވެ. މީގެ އިތުރުން ސުލްހަވެރި ބޭނުމަކަށް ބޭނުން ކުރަންނުޖެހޭ ހައި އެންރިޗްޑް ޔުރޭނިއަމް އުފެއްދުމުގެ މަސައްކަތްވެސް އިރާނުން ކުރަމުންދާ ކަމަށް ތުހުމަތުކުރި އެެވެ.

"އީރާނުގެ ނިއުކުލެއަ ހަރަކާތްތައް ދަނީ ވަރަށް ކަންބޮޑުވާ ގޮތަކަށް އަދި ވަރަށް ނުރައްކާތެރި މިނެއްގައި. އީރާނުން ދަނީ އެ ގައުމުގެ ނިއުކުލެއަ ޕްރޮގްރާމް ފުޅާކުރަމުން އަދި އިތުރު އެޑްވާންސްޑް ސެންޓްރިފިއުޖް ކެސްކޭޑްތައް ބެހެއްޓުމާއި، އެއްވެސް ސުލްހަވެރި ބޭނުމެއް ނެތް ހައި އެންރިޗްޑް ޔުރޭނިއަމް އުފެއްދުމުގެ މަސައްކަތް ކުރަމުން،" މި ބަޔާނުގައި އޭނާ ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އިރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އިރާންގެ ނިއުކުލިއަ ޕްރޮގްރާމާ ގުޅިގެން މީގެކުރިން އެކުލަވާލި އެއްބަސްވުން -- ޖޭސީޕީއޯއޭ (ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން) އަލުން އާލާކުރެވޭނީ އެ އެއްބަސްވުމުގެ ދަށުން އެހެން ފަރާތްތަކާ ހަވާލުކުރެވިފައިވާ އިލްތިޒާމުތަކަށް ތަބާވުމުން އެކަނި ކަމަށެވެ.  

އަދި އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ސުލްހަވެރި ނިއުކުލިއަ ހަރަކާތްތައް އަބަދުވެސް ހުންނަނީ ނަން-ޕްރޮލިފަރޭޝަން ޓްރީޓީ ހިމެނޭގޮތަށް ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކުގެ އިމުގެ ތެރޭގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް