ads
ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
ދިވެހި ޑިމޮކްރަސީ: އިސްލާމްދީނާއި ދިވެހިވަންތަކަމުގެ ބިންގަލުގައި
ދިވެހި ޑިމޮކްރަސީ ބިނާވެފައިވަނީ އިސްލާމްދީނާއި ދިވެހިވަންތަކަމުގެ ބިންގަލުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިވަންތަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް ދެއްވި މެސެޖެއްގައި ފާހަގަކުރެއްވި ކަމެކެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި އެންމެ މުހިންމު ކަމަކީ 2008 ގައި އެކުލަވާލެވުނު އައު ޤާނޫނުއަސާސީއެވެ. މިއަދާ ހަމައަށްވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައިވަނީ މި ޤާނޫނުއަސާސީގެ މައްޗަށެވެ. ޤާނޫނުއަސާސީގައިވާ ގޮތުން ދިވެހިންގެ ހުރިހާ ކަމެއްވެސް ބައްޓަންކުރަންޖެހެނީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް