ads
އީސީގެ ރައީސް ފުވާދު ތައުފީގު
ދުނިޔޭގެ ޑިމޮކްރަސީ އާއި ދިވެހި ޑިމޮކްރަސީ ވަނީ ގުޅިލާމެހިފައި: ފުވާދު ތައުފީގު
ދިވެހިރާއްޖޭގެ ޑިމޮކްރަސީ ދުވަހުން ދުވަހަށް ކުރިއަރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅު ވެއްޖެއެވެ.
Advertisement

ގައުމީ ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސް ދަރިވަރުން ބޭއްވި ޕަބްލިކް ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ފުވާދު ވިދާޅުވީ، ދުނިޔޭގެ ޑިމޮކްރަސީއާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ވަނީ ގުޅިލާމެހިފައި ކަމަށެވެ.

ފުވާދު ވިދާޅުވީ، ދުނިޔޭގެ ޑިމޮކްރަސީގެ ތާރީހު 2500 އަހަރަށްވުރެ ދިގު ނަމަވެސް، ގިނަ ގައުމުތަކުގައި ޑިމޮކްރަސީ ދެމިނުގެންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގިނަ ގައުމުތަކުގައި ޑިމޮކްރަސީ ވަކި ހިސާބަކަށް ދިޔުމަށްފަހު، އެހެން ބާވަތެއްގެ ވެރިކަމަކަށް ބަދަލުވެގެންދާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ވާހަކަ ދައްކަވަމުން ފުވާދު ވިދާޅުވީ، ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ތަޢާރަފުވަމުން އައި ކަމަށެވެ. އަދި 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއާއެކު ގިނަ ހައްގުތަކެއް ކަށަވަރުކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމުގައި ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ޑިމޮކްރަސީއާ ގުޅޭ ތަފާތު މަޢުލޫމާތު ހިއްސާކޮށް، ޕޯސްޓަރުތަކެއް ދައްކާލާފައިވެއެވެ. ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހެވެ. މި އަހަރުގެ ޝިއާރަކީ މަސްނުއީ ސިކުނޑި ބޭނުންކޮށްގެން ހަރުދަނާ ހިންގުމުގެ ނިޒާމެއް ގާއިމްކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް