ads
މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަ ދައްކަވަނީ
ފެންނަނީ ޑިމޮކްރަސީގެ ހަމަތަކާއި ދުރަށް ދާތަން: ޝާހިދު
ރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ގައުމު ދާތަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

ޝާހިދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލް އަގްވާމީ ޑިމޮކްރަސީ ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ޝާހިދު ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައިވާކަމަށެވެ. އަދި ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު  ފެންނަ ކަންބޮޑުވުމަކީ ރާއްޖޭ ޑިމްކޮރެސީގެ ފަހަތަށް ދާތަންކަމަށެވެ. އެގޮތުން ރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ގައުމު ދާތަންކަމަށް ޝާހިދު ވިދާޅުވިއެވެ. 

ބައިނަލް އަގްވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ސެޕްޓްމެބަރު މަހުގެ 15 ދުވަހެވެ. މި ދުވަސް ފާހަގަކުރަން އދ އިން ނިންމީ 2007 ވަނަ އަހަރުއެވެ. 

ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި އެންމެ މުހިންމު ކަމަކީ 2008 ގައި އެކުލަވާލެވުނު އައު ޤާނޫނުއަސާސީއެވެ. މިއަދާ ހަމައަށްވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައިވަނީ މި ޤާނޫނުއަސާސީގެ މައްޗަށެވެ. ޤާނޫނުއަސާސީގައިވާ ގޮތުން ދިވެހިންގެ ހުރިހާ ކަމެއްވެސް ބައްޓަންކުރަންޖެހެނީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް