ads
ފޮރިން މިނިސްޓަރު މޫސާ ޒަމީރު
އޭއައި ބޭނުން ކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކު: ފޮރިން މިނިސްޓަރު
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކު ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅު ވެއްޖެ އެވެ.
Advertisement

މިއަދު ފާހަގަ ކުރަމުން މިއަންނަ މިއަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ "ހުރިހާ ލެވެލްތަކެއްގައި އޭއައިގެ ހަރުދަނާ ހިންގުން ކަށަވަރުކުރުން" ކަމަށްވާތީ، މި ޝިއާރުން ދޭހަ ވަނީ އޭއައި ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ މުހިންމުކަން އިތުރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭއައި އާއި ޑިޖިޓަލް އިނޮވޭޝަން ރަނގަޅު ގޮތުގައި ބޭނުންކޮށްގެން ގައުމުގައި އުފާވެރި މުސްތަގުބަލެއް ބިނާކުރެވޭނެކަމަށް ވަޒީރު ޔަގީންކަން ފާޅުކުރެއްވިއެވެ. އަދި ޑިމޮކްރެޓިކް ހަމަތަކާއި ގައުމީ ކުރިއެރުމާ ދެމެދު ވަރަށް މުހިންމު ގުޅުމެއް އޮންނަކަން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ޑިމޮކްރަސީއަށް އަލަށް އަހުލުވެރިވަމުންދާ ގައުމެއްގެ ހައިސިއްޔަތުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ގާނޫނުގެ ބާރުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް