ރޭ ރިއާލް މެޑްރިޑާ، ރިއާލް ސޮސިއޭޑާޑް ކުޅުނު މެޗުން ރިއާލް މެޑްރިޑް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި ދެ ލަނޑަކީ ލިބުނު ދެ ޕެނަލްޓީން ވިނީޝިއުސް އާއި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރިއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ނުކުޅެވއެ. އެހެން ނަމަވެސް، ބެލިންހަމް ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށާއި ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ ކަމަށް ރިއާލުންވަނީ ބުނެފަ އެވެ.
މި ނަތީޖާއާއެކު ރިއާލް އޮތީ އަދިވެސް ޓޭބަލްގެ ދެވަނައިގައެވެ. އެއީ، ފަސް މެޗުން 11 ޕޮއިންޓާއެކު އެވެ. ވާދަވެރި ބާސެލޯނާ އެއްވަނައިގަ އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ.