ads
މިއަދު ހޫތީން ދިން ހަމަލާގައި އިޒްރޭލަށް ބައެއް ހިސާބުތަކުގައި ހިފި އަލިފާން ނިންވުމުގައި ސިފައިން ހަރަކާތްތެރިވަނީ
ހޫތީން ފޮނުވާލި މިސައިލް ހަމަލާ، އިސްރާއީލަށް އަމާޒުވެއްޖެ
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް އަމާޒުވެ، ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބިއްޖެ އެވެ.
Advertisement

ދުނިޔޭގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ޔަހޫދީންގެ ވެރިރަށް ތެލް އަވީވާއި، އިސްރާއީލުގެ މެދުތެރޭ ސަރަޙައްދުތަކަށް އަމާޒުކޮށް ހޫތީން 20 މިސައިލް ހަމަލާ ވަނީ ފޮނުވާލާފަ އެވެ. އަދި މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޔަހޫދީ ފައުޖުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ހުތީންގެ މި ހަމަލާތަކާ ގުޅިގެން ތެލް އަވީވުގައި އިންޒާރުގެ ރަނގަބީލު ޖަހާފައިވިނަމަވެސް، އެ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.

ތެލް އަވީވް އަށް އަމާޒުކޮށް ހޫތީން ދިން މިސައިލް ޙަމަލާތަކާ ގުޅިގެން ތެލް އަވީވުގައި އޮންނަ މައި ވައިގެ ބަނދަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލިއިރު، ވައިގެ ބަނދަރާ 6 ކިލޯމީޓަރު ދުރަށް އެއް މިސައިލް ވަނީ އަމާޒުވެފަ އެވެ. އަދި ތެލް އަވީވުގެ ބުރިޖަކަށް ވެސް ހަމަލާއެއް އަމާޒުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔަހޫދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޫތީންގެ މިސައިލް ހަމަލާތައް ތެލް އަވީވަށް އަމާޒުވެފައިވަނީ އެ ރަށުގައި ގާއިމު ކޮށްފައިވާ އަޔަން ޑޯމް ނުވަތަ ވައިގެ ދިފާއީ ނިޒާމު ފޭލިވުމުންނެވެ. 

ހޫތީން ދިން މިސައިލް ހަމަލާތަކާ ގުޅިގެން ކުފާރު ދަނިޔެލް ސަރަޙައްދުގައި އަލިފާން ރޯވެފައިވާ ކަމުގައި ރިޕޯޓުކޮށްފައިވާއިރު، މޮދިއީން ކިޔާ ރަށެއްގައި ހުންނަ ރޭލު ސްޓޭސަނަކަށް ވެސް ވަނީ މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޔަހޫދީން ފަލަސްތީނަށް ދެމުން ގެންދާ އުދުވާންތައް ހުއްޓުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއްބަޔަކީ ޔަމަނުގެ ހޫތީން ކަމަށް ވާއިރު، ހޫތީން އަންނަނީ މެދު ކެނޑުމެއް ނެތި އިސްރާއީލާއި ދެކޮޅަށް ތަފާތު ހަމަލާތައް ދެމުންނެވެ. 

އެގޮތުން ޔަމަންގެ ހަތިޔާރުއެޅި ބާރުތަކުން ދަނީ ރަތް ކަނޑުން ދަތުރު ކުރާ ޔަހޫދީންނަށް ވާގިދޭ ހުރިހާ ގައުމެއްގެ އާގުބޯޓުފަހަރަށް ވެސް އަސްކަރީ ޑްރޯނާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދެމުންނެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް