ads
ފޮޓޯ: ޑެތްޕެނަލްޓީ ނިއުސް
ކުޑަކުއްޖަކު ރޭޕް ކުރިކަމުގެ ކުށް ސާބިތުވި މީހަކު ބަޑިޖަހައި މަރާލައިފި
ޔަމަނުގެ ވެރިރަށް ސަނާގައި ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލިކަމުގެ ކުށުގައި ބަޑިޖަހައި މީހަކު މަރާލައިފި އެވެ. .
Advertisement

މިދިޔަ ހޯމަ ދުވަހު ޔަމަނުގެ ސަނާގައި ކުޑަ އަންހެން ކުއްޖެއް ރޭޕްކޮށް މަރާލި ކަމުގެ ކުށުގައި ބަޑި ޖަހައި މަރާލާފައިވަނީ އުމުރުން 41 އަހަރުގެ މުހައްމަދު އަލް މަގުރަބީ ނަމަކަށް ކިޔާ މީހެކެވެ.

ޔަމަނުގެ މީޑިއާ ރިޕޯޓް ތައް ބުނާ ގޮތުން އެ ފިރިހެން މީހާ މެރުމަށް ހުކުމް ކުރީ މައްސަލަ ބެލުމަށް ފަހު ކުށްސާބިތުވުމުން، ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ހުކުމް އިއްވުމުންނެވެ.

އުމުރުން 41 އަހަރުގެ މި ފިރިހެން މީހާ މަރަލާފައި ވަނީ ސަނާގެ އެންމެ ބައިބޯ ހިސާބުގަނޑުގެ މަގެއްގެ މަތީ ސަތަރިގަނޑެއް އަޅައި ކަނު ބަނދެ އެ ސަތަރިގަނޑުމަތީ އޭނާ ބަންޑުން ބާއްވުމަށް ފަހުގަ އެވެ. އެ މީހާގެ ބޮލަށް ބަޑި ޖެހީ ޔަމަނުގެ އާމީ އޮފިސަރެކެވެ. އެ ފިރިހެން މީހާ މަރާލީ، އޭނާގެ ބޮލަށް ފުލުފު ފަސް ވަޒަން ޖަހައިގެންނެވެ.

އުމުރުން ތިން އަހަރުގެ ރަނާ ނަމަކަށް ކިޔުނު ކުޑަ އަންހެން ކުއްޖާ ރޭޕް ކޮށް މަރާލާފައި ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އަދި އެ މައްސަލައިގައި އެ ފިރިހެން މީހާއަށް މަރުގެ ހުކުމް އިއްވާ މަރާލީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ.

މި ފިރިހެން މީހާއަށް މަރުގެ އަދަބުދިން އިރު، އެ މަންޒަރު ބަލަން ގިނަ އަދަދެއްގެ ބަޔަކު އެތަނަށް އެއްވެފައިވާ މަންޒަރު، ސޯސަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ބަލަން އަންހެނުންނާއި ކުޑަކުދިންވެސް ގިނަ އަދަދަކަށް ހާޒިރުވެތިބި މަންޒަރު ވީޑިއޯއިން ފެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް