އާސެނަލް އަތުން އެއް ލަނޑު ސުން ލަނޑުން ރޭ ބަލިވުމާއެކު ޓޮޓެންހަމްއަށް މި ލީގު ވެގެންދާނީ އަށް އަހަރު ތެރޭގައި ލީގުގައި އެންމެ ދަށް ފެށުމާ ކުރިމަތިލާން ޖެހުނު ލީގަށެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗު ނިމުނުއިރު، ޓޮޓެންހަމް އަށް ލިބިފައިވަނީ، ހަތަރު ޕޮއިންޓެވެ.
ޓޮޓެންހަމް އޮތީ ލީގުގެ 13 ވަނައިގަ އެވެ. މިއީ، މިދިޔަ އަހަރު ތެރޭ ޓޮޓެންހަމްގެ އެންމެ ދަށް ފެށުމެވެ. އަނެއްކޮޅުން ރަށުން ބޭރުގައި ހޯދި ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ، 64 ވަނަ މިނިޓްގައި ޖެހީ ގަބްރިއެލް މަގާޅައެސް އެވެ.