ads
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް
ބީއެމްއެލް ހިންގަނީ ދިވެހިންގެ އެއްވެސް ކޮންޓްރޯލެއް ނެތި: ނާޒިމް
ބްޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިންގަމުން އަންނަނީ ދިވެހިންގެ އެއްވެސް ކޮންޓްރޯލެއް ނެތި ބޭރުން މީހުހްނަކަަމަށާއި އެކަމުގެ ސަބަބުން ކުރިން ދިމާވި ކަންކަމަށްވުރެ މާ ސީރިއަސް ކަންކަން ދިމާވެދާނެކަމަށް ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ހުށައެޅި ކުންފުނިތަކާއި ބެހޭ ގާނޫނަށް އިސްލާހު  ހުށައެޅި ބިލުގެ ބަހުސް މަރުހަލާގައެވެ. 

ނާޒިމް ވިދާޅުވީ ބީއެމްއެލްގެ އިސް މަގާމުތަކުގައި ބޮޑު މުސާރާގައި ތިބީ ބޭރު މީހުންކަމަށާއި ބޭންކުން ދާދި ފަހުން ކާޑުތަކަށް ޑޮލަރު ދޫކުރާ ލިމިޓް ކުޑަކުރިއިރު ބޭންކުގެ އެންމެ ޒިންމާދާރު މަގާމުތަކުގައި ތިބި ތިން މުވައްޒަފަކު ރާއްޖޭގައި ނެތްކަމަށެވެ. ނާޒިމް ވިދާޅުވީ އެ ބަދަލުތައް ގެނައިއިރު ބޭންކްގެ އޮޕރޭޝަން ޑިރެކްޓަރާއި ކްރެޑިކް ކޮންޓްރޯލް މޭނޭޖަރާއި ރިސްކު މޭނޭޖަރު ރާއްޖޭގައި ނެތްކަމަށެވެ. އަދި މި އެންމެނަކީ 15،000 ޑޮލަރުގެ މުސާރަ ދީފައި ތިބި ބޭރުބައެއްކަން ނާޒިމް ފާހަގަކުރެއްވިއެވެ. 

" 15،000 ޑޮލަރުގެ މުސާރައަކީ ކުޑަ މުސާރައެއް ނޫން. އަޅުގަނޑުމެން މި މަގާމަށް ދިވެހިން ލެވޭތީ ބަލަން އެބަޖެހޭ އަޅުގަޏޑުމެންގެ ބޭންކު އަޅުގަންޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިގަމުންދާކަމަށް ވާނަމަ އަޅުގަނޑު ދަންނަވާނީ އެދުވަހު ދިމާވި ކަންތަކަށް ވުރެ ސީރިއަސް ކަންތައް ކުރިޔަށް އޮތްތަނުގައި ދިމާވުމަކީ އެކަށީގެންވާކަމެއް."ނާޒިމް ވިދާޅުވިއެވެ. 

ޕީސީބީއާއި ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފާރާތްކަމަށްވާ ފައިނޭންސް މިނިސްޓަރުވެސް ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާގޮތް ވަރަށް ރަނގަޅަށް ބަލަންކެހޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް