ads
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ކުރީ ސަރުކާރުން އިސް މަގާމުތަކަށް ލީ ނުކިޔަވާ ތިބި ސަންގޯރުން: އައްބާސް
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސަރުކާރުން ކުންފުނިތައް ހިންގަން ލީ ނުކިޔަވާތިބި ސަންގޯރުންކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
Advertisement

ދައުރުން ބޭރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ  އަމިއްލަ ކުދި ކުންފުނިތައް ނިމިދިޔަ ސަރުކާރުގައި ދަރަނިވެރިކުރުވުމުގެ އިތުރުން، ސަރުކާރު ކުންފުނިތަކާ މަގާމުތަކަށް ވެސް މި ނިމުނު އެމްޑީޕީ ސަރުކާރުން "ތަނެއް ދޮރެއް ނުދަންނަ މީހުން" ލައިގެން އެ ކުންފުނިތައް ވެސް "ފުނޑާލި" ކަމަށެވެ. 

"ދިވެހިރާއްގައި މި ހުރި ހުރިހާ ކުންފުނިތަކެއް ފުނޑާލީ ނިމިދިޔަ ސަރުކާރުން. ތަނެއް ދޮރެއް އުޑެއް ބުޑެއް ނުދަންނަ ނުކިޔަވާ ތިބި ސަންގޯރުން ކުންފުނިތަކުގެ މަގާމުތަކަށް ލައިގެން ރަށްރަށުން މެނޭޖަރުންނަށް ނުވަތަ ހޮސްޕިޓަލްތަކުގެ މެނޭޖަރުންނަށް، ޑިއުޓީ މެނޭޖަރުންނަށް ލައިގެން މުޅި ކުންފުނިތައް ފުނޑާލި ބޭފުޅުންނަކީ އެ ބޭފުޅުން،" ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން އައްބާސް ވިދާޅުވިއެވެ. 

ނަމަވެސް ނިމިދޔަ ސަރުކާރުން "ރާއްޖޭގެ ފެން ކުންފުނި ވިއްކާލީ އެ ބޭފުޅުން. ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކާލި ބޭފުޅުންނަކީ އެ ބޭފުޅުން. މިގޮތައް ގޮސް މުޅި ރާއްޖެ ދަރުވާލާފަ މިތިބީ،" އައްބާސް ވިދާޅުވިއެވެ. 

އެނާ ވިދާޅުވީ މިއަދު އެމްޑީޕީގެ މެންބަރުން ކުދި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވާހަކަ ދައްކާއިރު އެ ކުންފުނިތަކުގެ ހައްގުތައް ގެއްލުވާލީ ވެސް އެމްޑީޕީ ސަރުކާރުންކަމަށާއި، މިއަދު ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވާހަކަ އެމްޑީޕީއަށް ސަޕޯޓުކުރާ މެންބަރުން ދައްކަވަނީ ތާއީދު ނެތުމުންކަމަށެވެ. 

"އެ ޕްރޮޖެކްޓަކަށް ނެތް ފައިސާއެއް އޮތްކަމަށް ހަދައިގެން ވިއަސް އެ ކުދި ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދެއްވައިގެން. އެ ބޭފުޅުންލައްވާ ރާއްޖޭގެ އެކިއެކި ކުންފުނިތަކުން ނޫނީ އެކި އެކި ފިހާރަތަކުން ދަރަންޏަށް މުދާ ނަންގަވާ އެ ކުދި ކޮންސްޓްރަކްޝަން ކުންފުނިތައް ދަރަނިވެރިކުރުވީ ނިމިދިޔަ ސަރުކާރުން،" ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ޖަލްސާއަކީ  ކުންފުނީތަކަށް ޑިރެކްޓަރުން އައްޔަންކުރަން ދީފައި އޮންނަ މުއްދަތު ކުރުކޮށް ކުންފުނީގެ ގާނޫތަކަށް ސަރުކާރުން އިސްލާހުތަކެެއް ހުށައަޅުމަށް އެޖްނޑާކޮށް ބޭއްވި ޖަލްސާއެކެވެ. މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށައެޅީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް