ފުލުހުން ބުނީ މި މީހާ ހައްޔަރުކުރީ މާލެ، ބޮޑުފުޅައް ގޯޅީގައި އޮތް ކާރެއް ބަލައިފާސްކުރުމަށްފަހުކަމަސެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 30 އަހަރުގެ ރަސުލް އުލާ ރިދޯއީއެވެ.
އޭނާ ހައްޔަރުކުރީ މިމަހުގެ 12 ވަނަދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ފިލައިގެން ދިޔުމުންކަމަށެވެ. އެމީހުން ފިލުމުން ފުލުހުން ގޮސް އެކާރު ބަލައިފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.