ރާއްޖޭގައި މި އުޅަނދު ބަނދަރުކުރީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އުޅަނދު ބަނދަރުކުރީ ލޮޖިސްޓިކްސް ބޭނުންތަކަކަށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެ އުޅަނދު މިހާރު އޮތީ މާލޭގެ ހުޅަނގު އުތުރު ކަންމަތިން ބޭރުގ އެވެ. އާރުއެފްއޭ ލައިމް ބޭ ނަމަކަށް ކިޔާ މި އުޅަނދަކީ އިނގިރޭސި އަސްކަރިއްޔާގައި މިހާރު އޮތް އެންމެ ބޮޑެތި އުޅަނދުތަކުފެ ތެރޭގައި ހިމެނޭ އުޅަނދަކެވެ. ދިގުމިނުގައި 176 މީޓަރު ހުންނަ މި އުޅަނދު އިނގިރޭސި އަސްކަރިއްޔާގައި ބޭނުން ކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުއެވެ. މި އުޅަނދަށް އެއްފަހަރާ 16،160 ޓަނުގެ މުދާ ބަރުކުރެވެއެވެ.
މި އުޅަނދު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ ކައިރީ އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.