ads
ސޫޓުކޭހެއްގައި އުފުލޭގެއެއް
ސޫޓު ކޭހެއްގައި އުފުލޭ ގެއެއް އީޖާދުކޮށްފި
ހޮންކޮންގްގައި ހަރަކާތްތެރިވާ "އެޑިޓެކްޗާ" ނަމަކަށް ކިޔާ ސްޓޫޑިއޯއަކުން ގެދޮރު ނެތް މީހުންނަށް ހާއްސަކޮށް އާ އީޖާދެއް ތައާރަފުކޮށްފައެވެ.
Advertisement

"ހޯމް އެޑިޓް" ގެ ނަމުން ނަންދީފައިވާ މި އީޖާދަކީ ސޫޓްކޭހެއް ފަދައިން ފަސޭހައިން އުފުލޭގޮތަށް ފަރުމާކޮށްފައިވާ ވަގުތީ ހިޔާވައްސެކެވެ.

މި އާލަތް އުފައްދާފައި ވަނީ ތްރީޑީ ޕްރިންޓިންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ސޫޓްކޭހެއް ފަދަ މި އާލަތް ހުޅުވާލުމުން، ނިދުމަށް ބޭނުންވާނެ އެނދަކާއި، ކައްކާލެވޭނެ ކުޑަ ބަދިގެއަކާއި ދިރިއުޅުމަށް ބޭނުންތެރި އެހެނިހެން ވަސީލަތްތައް ލިބޭގޮތަށް ވަނީ ފަރުމާކޮށްފައެވެ. މިއީ ވަގުތީ ގޮތުން ނަމަވެސް އަސާސީ ހިދުމަތްތަކާއެކު ދިރިއުޅެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭ އީޖާދެކެވެ.

އެޑިޓެކްޗާ ސްޓޫޑިއޯ އިން މި އީޖާދު ތައާރަފުކޮށްފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ ހޮންކޮންގްގައި ގެދޮރު ނެތުމުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ފަރުމާގެ މައިގަނޑު މަގުސަދަކީ، ހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ ފަރާތްތަކަށް ވަގުތީ ނަމަވެސް އަމަލީ ހައްލެއް ހޯދައިދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް