ads
ފުލުހުންގެ އޮޕަރޭޝަނެއްގައި ސްކޫލެއްގެ ތެރޭގައި
ސްކޫލަކަށްވަދެ ބިރު ދެއްކި މީހާގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި
ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
Advertisement

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި ހުންނަތާ ދެމަހެއްހާ ދުވަސް ވެގެންދާއިރުވެސް މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.   

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރީ މއ. ކަނޑޫގެ، އަލީ އަހްމަދު އެވެ. މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން އޭނާ ހައްޔަރުކޮށް މިހާރުވަނީ ތިންވަނަ ފަހަރަށް އޭނާގެ ބަންދު މުއްދަތު އިތުރުކޮށްފަ އެވެ. މިއަދު އޭނާގެ ބަންދަށް 15 ދުވަސް ޖެހި އެވެ.

އަލީ އަހްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ސްކޫލަކަށް ވަދެ، އަޑު ގަދަކޮށް ޓީޗަރުންނަށް ބިރު ދެއްކި ކަމަށް އެ ސްކޫލުގެ މުވައްޒަފުން ބުނެފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް އެނގިފައެއް ނުވެ އެވެ. މި މައްސަލައިގައި ކޯޓުގައި އަލީ އަހްމަދު ވަނީ އޭނާ ކުރިކަމެއް ކަމަށް އިއުތިރާފުވެސް ވެފަ އެވެ. މި މައްސަލައިގައި ދައުވާ ކުރުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

އަލީ އަހްމަދަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ. ބަންދު އަމުރު ރިޕޯޓުގައިވެސް އެކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް