ޓޫރިޒަމަށް ތަރައްޤީކުރުމަށް ބައެއް ފަޅުރަށްތަކާއި ފަޅުތަކެއް ހިމެނޭހެން 17 ތަނެއް ބީލަމަށް ހުށަހެޅީ މިދިޔަ މެއި މަހުގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނާގޮތުން ބީލަމަށް ހުޅުވާލީ ތަންތަނުގެ ތެރޭގައި 11 އަތޮޅަކުން 14 ރަށަކަށާއި ތިން ފަޅެއް ހިމެނެ އެވެ. އޭގެ ތެރެއިން 3 ތަނެއް އުނިކޮށްފި ކަމަށް އެމިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
ލިސްޓުން އުނިކޮށްފައިވާ ރަށްތައް:
ޅ. ދިއްފުށި (ޅ. މައިދޫއާ އެކު) - 15.17+20.99 ހެކްޓަރު
ތ. ކަނިމީދޫ - 10 ހެކްޓަރު
ގދ. ކަޅެހުއްޓާ - 7.61 ހެކްޓަރު
މީގެ އިތުރުން، ޓޫރިޒަމަށް ދޫކުރާ ލިސްޓަށް އިތުރު ކޮށްފައިވަނީ:
ބ. އަތޮޅުގެ ފަޅެއް - 0.60 ހެކްޓަރު
ކ. އަތޮޅުގެ ފަޅެއް - 0.20 ހެކްޓަރު
ކ. އަތޮޅުގެ ފަޅެއް - 82 ހެކްޓަރު
ކ. އަތޮޅުގެ ފަޅެއް - 47 ހެކްޓަރު
ވ. އަތޮޅުގެ ފަޅެއް - 0.14 ހެކްޓަރު
އދ. އަތޮޅުގެ ފަޅެއް - 0.35 ހެކްޓަރު
ގދ. ރާވެރިންކޮޅިހުއްޓާ - 0.77 ހެކްޓަރު
މި ފަޅުތަކަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ފަޅުގެ ވަކި ސަރަހައްދެއް ކުއްޔަށް ނެގުމަށް ހުށަހަޅާނަމަ އެ ސަރަހައްދާއި އެ ސަރަހައްދުގެ ބޮޑުމިން އެނގޭނެހެން ޕްރޮޕޯސަލްގައި ހިމެނުމަށް ޓޫރިޒަމް މިނިސްޓްރީން އެދެ އެވެ.
އެކުއިޒިޝަން ކޮސްޓަކީ ޓޫރިޒަމުގެ ބޭނުމަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ލީސްހޯލްޑު ހައްގުތައް ލިބިގަތުމަށްޓަކައި ކަނޑައަޅާ ފީއެކެވެ. އެއްވެސް ތަނަކާ ގުޅޭ އެއްބަސްވުމެއް ހެދޭނީ މި ފައިސާ ދިވެހި ދައުލަތަށް ދެއްކީމަ އެވެ.
ފަތުރުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.