ads
ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ޕްރެސްއަށް މައުލޫމާތު ދެއްވަނީ
ސްޓޫޑެންޓް ލޯނު ފައިސާ ދިނުމުގައި ދައްޗެއް ނެތް: ސަރުކާރު
ދަރިވަރުންގެ ލޯނު ކަންކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށާ ކުރިއަށް އޮތްތާވެސް އެއްވެސް ދައްޗެއް ނެތި ސްޓޫޑެންޓް ލޯނު ލިބެމުންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

ސަރުކާރުން މިހެން ބުނެފައި މިވަނީ މިއަހަރު ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ، ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. 

މިއަހަރު ލޯނަށް ހުޅުވާލި 500 ފުރުސަތަށް އެދި 1709 ދަރިވަރަކު ކުރިމަތިލި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ މި ހުރިހާ ދަރިވަރުންނަށް ލޯނު ދޭށެވެ. އޭގެ ތެރޭގައި އަމިއްލަ ހަރަދުގައި ބޭރުގައި ކިޔަވަމުންދިޔަ ބައެއް ދަރިވަރުން ވެސް ލޯނަށް އެދި ކުރިމަތިލުމުން ޝަރުތު ހަމަވާ ކަމަށް ނިންމައި ލޯނު ދޭން އޮތީ ނިންމައިފަ އެވެ.

އެކަމަކު ރާއްޖެއިން ބޭރުގެ ގިނަ ޔުނިވާސިޓީތަކެއްގައި ސެޕްޓެމްބަރު/ އޮކްޓޫބަރު އިންޓޭކްގެ ކިޔެވުން ފެށެން ކުޑަތަންވެފައި އޮތްއިރު ވެސް އަދިވެސް ދަރިވަރުންނަށް ފައިސާ ނުލިބެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަން ދޭ އެއްކަމަކީ ދަރިވަރުންގެ ލޯނުގެ ކަންކަން ކަމަށެވެ. ހާއްސަކޮށް ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމަށެވެ.

"ސްޓޫޑެންޓް ލޯނު ހުރިހާ ކުދީންނަށް ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް ލިބެމުންދާނެ ކުރީން ވެސް ލިބެމުންދާ ގޮތަށް އެއްވެސް ކަހަލަ ދައްޗެއް ނެތި،" ހީނާ ވިދާޅުވި އެވެ.

އަލަށް ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު މިދިޔަ ސަރުކާރުގައި ލޯނު ލިބި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ގަވާއިދުން ލޯނު ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް